ކޮވިޑް-19: ފަސްމުގޫން ވިއްކާ މުދާ ކަސްޓަމަރުންގެ ގެއަށް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްޔިތުން ގޭގައި ތިބެން ސަރުކާރުން އެންގި އެންގުމަށް އެއްބާރުލުން ދިނުމަށްޓަކައި، އޭދަފުށީ ފަސްމުގޫ ފިހާރައިން ވިއްކާ މުދާ ކަސްޓަމަރުންގެ ގޭގެ އަށް ޑެލިވާކޮށްދޭން މިއަދު ފަށައިފި އެވެ.

ބ. އަތޮޅުގައި ހޯލް ސޭލް އާއި ރިޓޭލް ވިޔަފާރި އެންމެ ފުޅާ ދާއިރާގައި ކުރަމުން އަންނަ ފަސްމުގޫން ބުނީ 100ރ އަށް ވުރެ މަތިން ކުރާ ވިޔަފާރިތަކަށް ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށެވެ. ފަސްމުގޫގެ މި ހިދުމަތާ އެކު، އާންމުކޮށް ބޭނުންކުރާ ހުރިހާ ތަކެއްޗަކަށް އޯޑަރު ދިނުމުގެ މަގު ވަނީ ފަހިވެފަ އެވެ.

ޑެލިވަރީ ކޮށްދެނީ ހެނދުނު 9:00 އިން މެންދުރު 12:00، މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. އޯޑަރު ދޭ ތަކެއްޗަށް ފައިސާ ދެއްކުމަށް ބީއެމްއެލް ކާޑާއި ނަގުދު ފައިސާ ވެސް ބަލައިގަންނާނެ ކަމަށް ފަސްމުގޫން ބުންޏެވެ.

“ކަސްޓަރަމުން ގޭގައި ތިއްބަވާ، ބޭނުންވާ ތަކެތި 9591122 އަށް ވައިބަ ކޮށްލާ، އިތުރު އެއްވެސް ޗާޖަކާ ނުލައި އަޅުގަނޑުމެން ގެއަށް ގެންގޮސްދޭނަން،

ފަސްމުގޫގެ ޕޯސްޓަރެއް

ފަސްމުގޫން ބުނީ މިގޮތަށް ޑެލިވަރީގެ ހިދުމަތް ދެނީ ގޭގައި ރައްކާތެރިކަމާ އެކު ތިބޭ އިރު ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމުން އެ ހިދުމަތް އެންމެ ފުރިހަމައަށް ބޭނުންކުރަން ފަސްމުގޫން އެދެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަތްދޮވުމަށް ބާރު އެޅުމަށް، ފަސޭހައިން އަތް ދޮވެވޭނެ ގޮތް ހަދައިދިނުމަށް ފަސްމުގޫން ވަނީ އެ ފިހާރައިގެ ބޭރުގައި އަތް ދޮންނަ ތަށި ވެސް ބަހައްޓައިފަ އެވެ.

ގިނަގިނައިން އަތް ދޮވުމުގެ އިތުރުން، ކެއްސައި ކިނބިހި އަޅާއިރު ނިވާކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ. އޭގެ އިތުރުން، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި ބަލިވެ ކެއްސާނަމަ، މާސްކް އެޅުމަށް އެ ފަރާތްތަކުން އެދެ އެވެ.

ރާއްޖޭގައި 13 މީހަކަށް ކޮރޯނާ ވައިރަސް ޖެހުނު ނަމަވެސް، ފަސް މީހަކު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. އެކަމަކު އަދިވެސް އެ ބަލި ރާއްޖޭގައި ފެތުރުމުގެ ބިރު އެބަ އޮތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.