ބ. ދޮންފަނުގައި މިސްކިތެއް އެޅުމަށް 5.8 މިލިޔަން ރުފިޔާއަށް އެެލްއެފް ކޮންސްޓްރަކްޝަންގެ މިއަދު ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރެވެ.
ދޮންފަނުގެ މިސްކިތުގެ މަސައްކަތް އެލްއެފް ކޮންސްޓްރަކްޝަންއާ ހަވާލުކުރިއިރު އެއީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ދޮންފަނުގެ އިތުރުން ރ. ރަސްގެތީމާއި ފ. ދަރަނބޫދު އަދި ގދ. ވާދޫގައި މިސްކިތް އެޅުމަށް ވެސް ބަޔަކާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.
އެ ހުރިހާ މިސްކިތްތަކުގެ މަސައްކަތްތައް ވެސް ގާތްގަނޑަކަށް 10 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
އެ މިސްކިތްތައް އިމާރާތް ކުރަނީ ދިވެހި ސަރުކާރުގެ އިތުރުން ސައުދީއަރަބިއްޔާގެ ހިލޭގެ އެހީގެ ދަށުން ނެވެ.