އެސްޓީއޯ އިން ކިހާދޫގައިވެސް ބޭސް ފިހާރައެއް ހުޅުވައިފި

ކިހާދޫގައި ހުޅުވި އެސްޓީއޯ ބޭސްފިހާރައިން މީހަކު ވިޔަފާރި ކުރަނީ– ފޮޓޯ: އެސްޓީއޯ
ކިހާދޫގައި ހުޅުވި އެސްޓީއޯ ބޭސްފިހާރައިން މީހަކު ވިޔަފާރި ކުރަނީ– ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވަން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ބ. ކިހާދޫގައި ވެސް ބޭސް ފިހާރައެއް ހުޅުވައިފި އެވެ.

އެސްޓީއޯ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުންޏާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ ބޭސް ފިހާރަ ހެދުމުގެ މަޝްރޫއުގެ ދަށުން ކިހާދޫގައި އިއްޔެ ހުޅުވި ބޭސް ފިހާރަ އިން އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މި ހަފްތާތެރޭ މިއަތޮޅު ދޮންފަނާއި ފުޅަދޫގައިވެސް ވަނީ އެސްޓީއޯގެ ބޭސްފިހާރަ ހުޅުވައިފަ އެވެ.

ބ. އަތޮޅުގައި މީހުން ދިރިއުޅޭ ޖުމްލަ 13 ރަށް އޮތްއިރު ފެހެންދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައިވެސް މިހާތަނަށް އެސްޓީއޯއިން ވަނީ އާސަންދައިގެ ހިދުމަތް ދޭ ބޭސްފިހާރަ ހުޅުވައިފަ އެވެ.

އެސްޓީއޯ އިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވި ބޭސް ފިހާރަތަކުގެ އަދަދު 162 އަށް އަރާފައިވާ ކަމަށެވެ.

މި މަޝްރޫއަކީ ގިނަ ރަށްރަށުގައި އާސަންދައިގެ ހިދުމަތް ލިބޭ ބޭސް ފިހާރަތައް ނެތުމުގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުން ކުރާ ޝަކުވާތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ފަށާފައިވާ މަޝްރޫއެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މި މަޝްރޫއު ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދިއުމުގައި ރަށްރަށުގެ ރައްޔިތުންނާއި ލޯކަލް ކައުންސިލްތަކުގެ އިތުރުން ހެލްތު މިނިސްޓްރީން ވެސް ބޮޑު އެހީތެރިކަމެއް ލިބެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.