ކިހާދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހަމްދާ ހޮވިއްޖެ

kihaadhoo-school-prize-day-702x336

ބ. ކިހާދޫ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް ހަމްދާ ހޮވިއްޖެ އެވެ.

އޭނާ ވަނީ މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ގައުމީ ގަދަ 10 ގެ ހަ ވަނަ ވެސް ހޯދައިފަ އެވެ.

ކިހާދޫ ސްކޫލު ހޯލުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ހަމްދާ އަށް އިނާމު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ޕޮލޭނިން އެންޑް ރިސާޗް ސެކްޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އިބާހިމް އާސިފް އެވެ.

އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން ކުޑަ ސްކޫލަކާ އަޅާބަލާއިރު ކިހާދޫ ސްކޫލް ހޯދާފައިވާ ކުރިއެރުމަށް ތައުރީފު ކޮށް އާސިފް ވިދާޅުވީ، އާންމުކޮށް ސްކޫލްތަކުގައި އޯލެވެލް ނިންމާ ކުދިންގެ ފާސްވާ އިންސައްތަ އުޅެނީ 50 އިންސައްތައިގައި ކަމަށާއި، ނަމަވެސް ކީހާދޫ ސްކޫލޫގެ އޯލެވެލް ނިންމި ކުދިންގެ ފާސްއިންސައްތައަކީ 71 އިންސައްތަައިގައި ކަމަށެވެ.

“މިއީ ސެލިއުޓް ނަގަން ޖެހޭވަރުކަމެއް. އަދި ލިބެންހުރި މަދު ވަސީލަތްތަކާއެކުވެސް މިފަދަ ކާމިޔާބީއެއް ހާސިލްކޮށްފައިވާތީ ބޮޑެތި އެހެން ސްކޫލުތަކުން ގިނަވަސީލަތް ތަކާއެކު މިފަދަ ކާމިޔާބީ ނުހޯދެނީ ކީއްވެތޯ؟ އާސިފް ވިދާޅުވި އެވެ

އާސިފް ވިދާޅުވި ގޮތުގައި މިކާމިޔާބީއަކީ ރަށުގެދަރިން ރަށުގެ ތައުލީމަށް ކުރައްވާ ބުރަމަސައްކަތުގެ ނަތީޖާއެވެ.

އެ ޖަލްސާގައި މިދިޔަ އަހަރު ކިހާދޫ ސްކޫލުން ފާހަގަކޮށްލެވުނު 59 ދަރިވަރަކަށް ވެސް އިނާމު ހަވާލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޯލެވެލް އިމްތިހާނުން އެންމެ ރަނގަލޫ ނަތީޖާ ހޯދި ދަރިވަރުން ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    މަރުޙަބާ! ކިހާދޫ ސްކޫލަކީ ވަސީލަތްތައް މަދު ސުކޫލެއްގެ ގޮތުގައި ދެކިލެއްވުމަކީ ރަނގަޅު ނިންނުމެމެއްނޫން. ކިޔަވާ ކުދީންގެ އާބާދީ މަދު ނަމަވެސް އަމިއްލަ މަސައްކަތުން ހިންދެމިލުމަށް މަސައްކަތްކުރާ، ޒަމާނީ ޓެކްނޮލޮޖީއާ ވަރަށް ވެސް ރަށްޓެހި ބަޔަކު އުޅެމުންދާ ސްކޫލެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.