ތުޅާދޫ ކައުންސިލުގެ ފުޓްސަލް ޗެލެންޖް ފަށައިފި

ދެވަނަ މެޗު ކާމިޔާބުކުރި ބަޑީ ބޯއިސް - ފޮޓޯ: ވަގުތު އިމޭޖެސް
ދެވަނަ މެޗު ކާމިޔާބުކުރި ބަޑީ ބޯއިސް – ފޮޓޯ: ވަގުތު އިމޭޖެސް

ތުޅާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ފުޓްސަލް މުބާރާތް އިއްޔެ އެރަށުގައި ފަށައިފި އެވެ.

“ކިޔޫ އެންޑް ކިޔޫ ” ނަމުގައި އިއްޔެ ހަވީރު ތުޅާދޫ ސްޓޭޑިއަމުގައި ބޭއްވުނު ރަސްމިއްޔާތުގައި މިމުބާރާތް ޝަރަފްވެރި ކޮށްދެއްވީ ތުޅާދޫ ކައުންސިލު މެމްބަރު މުޙައްމަދު ތައުރީފް އެވެ.

މި މުބާރާތުގައި އިއްޔެ ވަނީ ދެ މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗު ދަ ހަޓްގެ މައްޗަށް 1-4 ގެ ނަތީޖާއިން ކުރި ހޯދައި ސެލިގިޑަމްއިން ވަނީ ކާމިޔާބުކޮށްފަ އެވެ.

މެޗު ކާމިޔާބުކުރި ބަޑީ ބޯއިސް - ފޮޓޯ: ވަގުތު އިމޭޖެސް
މެޗު ކާމިޔާބުކުރި ބަޑީ ބޯއިސް – ފޮޓޯ: ވަގުތު އިމޭޖެސް

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ، ސެލިގިޑަމްއަށް މި މެޗުގައި ދެ ގޯލް ކާމިޔާބުކޮށްދިން އީމަން އިލްޔާސްއެވެ.

މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ބަޑީ ބޯއީސް އާ ޔަންގް އިގަލް ސްޕޯޓްސްއެވެ. މި މެޗުގެ ފެށުމުގެ ކުރިން ވަނީ، މި ދެ ޓީމުގެ ސަޕޯޓަރެއް މީގެކުރިން ނިޔާވެފައިވާތީ އެއް މިނެޓުގެ ސުކޫތެއް ގެނެސްފައެވެ.

މި މެޗު ވަރަށް ފަސޭހަކަމާއެކު 1-6 އިން ކާމިޔާބުކޮށްފައިވަނީ ބަޑީ ބޯއީސްއިންނެވެ. މި މެޗުގައި ހެޓްރިކެއް ހަދައިފައެވެ.

މި މުބާރާތުގެ ކުޅުން މިއަދު ހެނދުނާ ހަވީރުވެސް ކުރިއަށްދާނެ އެވެ.

ޖުމްލަ އަށް ޓީމު ވާދަކުރާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 7000ރ ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 4000ރ ވަނީ ހުށަހަލައިފަ އެވެ. އަދި މުބާރާތުގެ ގަދަ 5 ކުޅުންތެރިންނާއި، ރަން ބޫޓު ލިބޭ ކުޅުންތެރިޔާ އާއި ޑްރީމް ޓީމު ވެސް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.