ބ. ގޮއިދޫ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އިއުުޖާޒު އިސްމާއިލް ހޮވިއްޖެ އެވެ.
ހޯމަ ދުވަހުގެ ރޭ ގޮއިދޫ ސްކޫލުގައި ބޭއްވި އެ ސްކޫލުގެ އިނާމްދިނުމުގެ ޖަލްސާގައި އިއުުޖާޒުއަށް ޝީލްޑްއާއި އިނާމްތައް ހަވާލުކޮށްދެއްވީ އެ ހަފްލާގެ ޝަރަފްވެރި މެހެމާން، ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލު އެވެ.
އެ ޖަލްސާގައި މިދިޔަ އަހަރު ގޮއިދޫ ސްކޫލުން ފާހަގަކޮށްލެވުނު 70 އަށްވުރެ ގިނަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުނާއި ކުޅިވަރު މުބާރާތްތަކުން ވަނަތައް ހޯދި ދަރިވަރުން ހިމެނެ އެވެ.