ހިތާދޫގައި ކުކުޅު ފާމެއް ހުޅުވައިފި

ބ. ހިތާދޫގައި ހުޅުވި މޯލްޑިވްސް ޗިކަން ފާމް– ފޮޓޯ: ހިތާދޫ އޮންލައިން

 

“މޯލްޑިވްސް ޗިކަން ފާމް”ގެ ނަމުގައި ކުކުޅު ފާމެއް އިއްޔެ ބ. ހިތާދޫގައި ހުޅުވައިފިއެވެ.

ކުކުޅު ފާމުގެ އިސްވެރިޔާ ހިތާދު ހިޔާ މުޙައްމަދު ނަސީރު ވިދާޅުވީ އޭނާ އަލަށް ފަށާ މި ވިޔަފާރިއަކީ ތަޖުރިބާ އެއް ކަމަށާއި ނަތީޖާ އަށްބަލައި މި ވިޔަފާރި ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.

ނަސީރު ވިދާޅުވީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބިސް އަޅުވާ ކުކުޅު އާލާކުރުގެ މަސައްކަތް ކުރާ މިފާމްގައި ދުވާލަކަށް ނުވަސަތާކަ ބިސް އެޅުވާނެކަމަށެވެ. އަދި ވިދާޅުވީ 1300 ކުދި ފިޔޮއް ގެނެސް ފައިވާ ކަމަށާއި އޭގެ ތެރޭގައި އެއްހާސް ބިސް ފިޔޮކާއި 300 މަސް ކުކުޅު ފިޔޮއް ހިމޭކަމަށެވެ. މި ފާމުގައި ސާޅީސް ފަސްދުވަހުގެ ތެރޭގައި ބިސް މާކެޓަށް ނެރެވޭނެ ކަމަށާއި އުފައްދާނީ “ބްރައުން ހައިލައިން” ބިސް ކަމަށްވެސް ނަސީރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ މި ފާމުގެ ސަބަބުން ހިތާދޫގެ ތަރައްގީއަށާއި ބ. އަތޮޅުގެ ތަރައްގީއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއްކަމަށާއި އަދި ރަށާއި އަތޮޅުގެ އިގްތިސާދަށްވެސް ބޮޑު ފައިދާއެއް ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މޯލްޑިވްސް ކުކުޅު ފާމްގެ ގާބިލްކަން މިހާރު ހުރި މިންވަރުން މި ފާމުގައި 45 ދުވަހުގެ ތެރޭގައި ބިސް ބާޒާރަށް ނެރެވޭނެ ކަމަށް އެ ފާމުން ބުނެ އެވެ. އަދި އެ ބުނީ އެ ފާމުގައި  އުފައްދާނީ “ބްރައުން ހައިލައިން” ބިސް ކަމަށެވެ.

މޯލްޑިވްސް ޗިކަން ފާމަކީ 2011 ވަނަ އަހަރު ހިތާދޫން ދިރޭތަކެތީގެ ވިޔަފާރި ކުރުމަށް ހިތާދޫ ކައުންސިލުން ދޫކުރި ބިންތަކުގެ ތެރެއިން ފަސްހާސް އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ ފާމެކެވެ. މިއީ ބ. އަތޮޅުގައި ހެދި މިފަދަ ފުރަތަމަ ފާމެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.