އެޑިޓޯރިއަލް: މުޅި ރާއްޖޭގެ ނަޒަރު މި ރޭ ބ. އަތޮޅު ތައުލީމީ މަރުކަޒަށް

ބ. އަތޮޅު ތައުލީމީ މަރުކަޒު
ބ. އަތޮޅު ތައުލީމީ މަރުކަޒު

ހަމައެކަނި މާލޭގެ ސްކޫލްތަކުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާތައް ލައިވް ކާސްޓް ކުރާ ކަމުގެ ތުހުމަތުތައް ސޯޝަލް މީޑިއާގައި ގިނަވެފައިވާ ދަނޑިވަޅެއްގައި، ދައުލަތުގެ ޓީވީ ކަމަށްވާ ޓެލެވިޒަން މޯލްޑިވްސް (ޓީ.ވީ.އެމް)އިން މުޅިން އަލަށް “ރާއްޖެ ތެރޭ” ތައުލީމީ މުއައްސަސާއެއްގެ ދަރިވަރުންގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ މި ރޭ 8.45 ގައި ލައިވް ކާސްޓް ކުރުން ފެށުން ވެގެންދާނީ ރަނގަޅު ފެށުމަކަށެވެ. މާލެއެކޭ އެއްގޮތަށް އެހެން ރަށްރަށުގެ މުޖުތަމައުތަކުގެ ދަރިވަރުން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް މުޅި ގައުމަށް އަންގައިދެވޭނޭ ގޮތަށް ޓީވީއެމްއިން ލައިވް ކާސްޓް ކުރުމުން ހުރިހާ ދިވެހިންގެ ނަޒަރު މި ރޭ، ކުޑަ ހިނދުކޮޅަކަށް ނަމަވެސް، ހުއްޓޭނީ އޭދަފުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒަށެވެ.

މިއީ ކުޑަ ކަމެއް ނޫނެވެ. އަދި މި ކަމުގެ “ފުން”ކަން މި ރޭ އިނާމު ލިބޭނެ 156 ދަރިވަރުންނަށް އިހުސާސް ކުރެވިދާނެ އެއް ގޮތަކީ ސިކުނޑީގައި ވަނީ ވަރަށް ބޮޑު ޖަޒުބާތީ “ބަރެއް” އެޅުވިފައިވާ ގޮތަށެވެ. މި ނަފުސާނީ ޕްރެޝަރުގައި ރޫހީ ގޮތުން ހިތްވަރު ދިނުމުގެ މެސެޖްތައް ސޯޝަލް މީޑިއާގައި އެ ކުދިންގެ ގާތް މީހުންނަށް ދަނީ އާއްމުކޮށް ފާޅު ކުރެވެމުންނެވެ. ތައުލީމާ ބެހޭ މިނިސްޓަރުގެ ނައިބު އިބްރާހިމް އިސްމާއިލް މި ހަފުލާ ޝަރަފުވެރިކޮށް ދެއްވައި، ލެޕްޓޮޕް ފަދަ އިނާމުތައް ބީ.އޭ.އީ.ސީގެ އެ ދަރިވަރުންނަށް ހަވާލު ކޮށްދެއްވާނެއެވެ. ރާއްޖެއަކީ މީސްކޮޅާއި ވަސީލަތްތައް މަދު ގައުމެއް ކަމަށްވާތީ، އިގުތިސާދީ ގޮތުން ނެގެހެއްޓޭނެ އެހެން ގޮތްތަކެއްގައި ދައުލަތުގެ މީޑިއާ ދެމެހެއްޓިއްޖެ ނަމަ، މި ފަދަ “ހަމަހަމަކަމުގެ” އިންގިލާބީ ކަމެއް އަހަރެމެންގެ އުމުރުގައިވެސް ފެނިލުމުގެ ފުރުސަތު ލިބިދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.