ވިސްނަވާލައްވާށެވެ

ޤައުމެއް ކުރިއަރައި ތަރައްޤީ ވަމުން، ނުވަތަ ތަރައްގީ ވެފައިވާ މިންވަރު އަންގައިދޭ އެންމެ މުހިންމު ވަސީލަތަކީ ތަފާސް ހިސާބެވެ. އިންފްލޭޝަން، ޖީ.ޑީ.ޕީ.  އާމްދަނީ، ޚަރަދު، ލޯނު، އެކްސްޗޭންޖް ރޭޓް އަދިވެސް މިފަދަ ހިސާބުތަކަކީ ޤައުމެއްގެ ކުރިއެރުން އަންގައިދޭ މައިގަނޑު އެއްގޮތެވެ.

ސުވާލަކީ މިފަދަ ތަފާސް ހިސާބތައް ސަރުކާރުން އާންމުކުރާއިރު، އެއާމެދު އިތުބާރު ކުރެވޭތޯއެވެ! އަދި އެހިސާބުތަކަކީ އެންމެ ރަނގަޅަށް ބެލެހެއްޓިގެން އާންމު ކުރެވޭ ހިސާބުތަކެއްތޯއެވެ! ދިވެހި ރާއްޖެފަދަ ދޯދިޔާ އިދާރީ އޮނިގަނޑެއް އޮތް ޤައުމަކުން އާންމުކުރެވޭ މިފަދަ ހިސާބުތަކަށް ބުރަވުމަކީ މުޅިއަކުން ރަނގަޅު ގޮތެއް ނޫންކަން ތާރީޚް ހެކިދެއެވެ.

2010 ވަނަ އަހަރު އެފްރިކާގެ ޤައުމެއް ކަމަށްވާ ގާާނާގެ ތަފާސް ހިސާބު ރަނގަޅަށް ހިސާބުކޮށް (ބޭސް އަހަރު ބަދަލުކޮށް) އާންމުކުރުމުން ހާމަވީ، ކުރިން އަންދާޒާ ކުރިވަރަށްވުރެ ޖީ.ޑީ.ޕީ. ދެގުނަ އިތުރުކަމެވެ. ކުއްލިއަކަށް މިފަދަ ކުރިއެރުމެއް ލިބޭނެކަމަށް ޤަބޫލުކުރެވޭ ތޯއެވެ؟ އެފްރިކާގެ ގިނަ ޤައުމުތަކުން ތަފާސް ހިސާބު އޮޅުވާލައި، ރައްޔިތުންނަށް ސަރުކާރުގެ ބައިތުލްމާލު ފަޤީރުކަމަށް ދައްކާ ވާހަކައަކީ ހަޤީގަތެއްކަމަށް ހާމަކޮށްދޭ ހެކި ގިނައެވެ.

ދިވެހިރާއްޖޭގައި 2011 ވަނަ އަހަރު ޖީ.ޑީ.ޕީ. ވަނީ ދެގުނައަށް ބޮޑުވެފައެވެ. މިފަދަ ހަބަރެއް އާންމުވުމުން ރައްޔިތުނަށް ވިސްނިގެންދާނީ މުޅިން އެހެންގޮތަކަށް ކަން ޔަގީނެވެ. ނަމަވެސް މިކަން އަސްލު ދިމާވިގޮތް މި ލިންކުން ކިޔުއްވާށެވެ. http://sun.mv/r/1172

މީގެ އިތުރުން، ތައުލީމީ ދާއިރާއިން ފާސްވާ ރޭޓް މަތިވަމުން އަންނަ ވާހަކައަކީވެސް ޝައްކު ބޮޑު ވާހަކައެކެވެ. މިކަމާގުޅޭގޮތުން މިނިވަން ނިއުސް އިން ހާމަކުރި ރިޕޯޓް ކިޔުއްވާށެވެ. http://minivannews.com/politics/education-ministry-withholding-preliminary-olevel-result-figures-for-2012-53887

ތަފާސް ހިސާބަކީ ސިޔާސީ ބޭނުމަށް ރައްޔިތުންގެ ސިކުނޑިއާ ކުޅެލުމަށް އެންމެ ރަނގަޅު ވަސީލަތްކަމަށް ދެކޭ ސިޔާސީ މީހުން މަދެއް ނޫނެވެ. މިސާލަކަށް ކަމެއް ކުރިއަރަމުން އަންނަ މިންވަރު މިދިޔަ އަހަރު %15 އަދި މިއަހަރު %20 ނަމަވެސް އަންނަ އަހަރު %17 އަށް އަންދާޒާ ކުރެވޭނަމަ، އަންނަ އަހަރު ދަށަށް ދިޔަކަމަށް އާންމުކުރެވިއްޖެނަމަ، ރައްޔިތުންގެ ތާއީދު ކުޑަވާނެއެވެ. މިހެންވުމުން ތަފާސް ހިސާބު ބަދަލުކޮށް މިދިޔަ އަހަރު %15 އަދި މިއަހަރު %17 ނަމަވެސް އަންނަ އަހަރު %20 އަށް ބަދަލުކޮށްފިނަމަ، “އާނ އިތުރުވަމުންނޭ މިދަނީ، ހާދަ ރަނގަޅޭ” ކޮންމެ ރައްޔިތަކުވެސް ބުނާނެއެވެ.

ތަފާސް ހިސާބު ކިޔައި، ބަލައި އާންމުކޮށް ހިއްސާކުރުމުގެ ކުރިން، ޝައްކުގެ ނަޒަރަކުން ބަލައި، ތެދު ދޮގު ޔަޤީންކުރުމަކީ، ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. އެއީ ދޮގު ނުހެދުމަށެވެ. ތެދު ހެދުމަށެވެ. ހަމަ ޔަޤީނުންވެސް ތެދަކީ އެންމެ ޔަޤީންކަން ބޮޑު ފައިދާކުރަނިވި ގޮތްކަމަށް ދެބަސްވާ ކޮންމެމީހަކު ހަދަނީ ދޮގެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.