ކެންދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ، ގެއްލުންތަކެއް ލިބިއްޖެ

ކެންދޫގައި ފެން ހިންދުމުގެ މަސައްކަތް ކުރަނީ: ފެންބޮޑުވުމުގެ ސަބަބުން 23 ގެއަކަށް ފެން ވަދެފައިވޭ --ފޮޓޯ/ކެންދޫ ކައުންސިލް
ކެންދޫގައި ފެން ބޮޑުވެފައި: ފެންބޮޑުވުމުގެ ސަބަބުން 23 ގެއަކަށް ފެން ވަދެފައިވޭ –ފޮޓޯ/ކެންދޫ ކައުންސިލް

ރޭ ފަތިހުން ފެށިގެން މިއަދު ހެނދުނު 10:00 އާ ހަމައަށް ބ. ކެންދު އަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން ގެއްލުންތަކެއް ލިބިއްޖެ އެވެ.

ކެންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޣައްފާރު ވިދާޅުވީ އެރަށަށް މެދުކެނޑުމެއް ނެތި ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 23 ގެއަކަށް ފެން ވަދެފައިވާ ކަމަށެވެ. އަދި ބައެއް ގެތަކުގައި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންތަކެއް ލިބުނަސް އެއްވެސް ގެއަކުން މީހުން ހުސްކުރަން ނުޖެހޭ ކަމަށް ޣައްފާރު ވިދާޅުވި އެވެ.

ގޮތުގައި ވާރޭ ވެހުން ހުއްޓާލާފައިވާތީ ފެން ހިންދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކެންދޫގައި ފެން ހިންދުމުގެ މަސައްކަތް ކުރަނީ: ފެންބޮޑުވުމުގެ ސަބަބުން 23 ގެއަކަށް ފެން ވަދެފައިވޭ --ފޮޓޯ/ކެންދޫ ކައުންސިލް
ކެންދޫގައި ފެން ހިންދުމުގެ މަސައްކަތް ކުރަނީ: ފެންބޮޑުވުމުގެ ސަބަބުން 23 ގެއަކަށް ފެން ވަދެފައިވޭ –ފޮޓޯ/ކެންދޫ ކައުންސިލް

ފުލުހުންނާއި ސިފައިންނާއި ރަށު ރައްޔިތުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު މަގުތަކުން ވަރަށް ބޮޑަށް ފެން ހިންދާފައިވާ ކަމަށް ވެސް ކެންދޫ ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.