ކަމަދޫ ކައުންސިލުގެ ފުޓްސަލް މުބާރާތް ފަށައިފި

ކަމަދޫ ކައުންސިލުން މިއަދު ފުޓްސަލް މުބާރާތް-- ފޮޓޯ: ކަމަދޫ ކައުންސިލް
ކަމަދޫ ކައުންސިލުން މިއަދު ފުޓްސަލް މުބާރާތް– ފޮޓޯ: ކަމަދޫ ކައުންސިލް

ބ. އަތޮޅު ކަމަދޫގައި އެރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކަމަދޫ ކައުންސިލް ފުޓްސަލް މުބާރާތް މިއަދު ހަވީރު ފަށައިފި އެވެ.

ޖުމްލަ ފަސް ޓީމު ވާދަކުރާ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އެފްޓީ ފެލްކޯން 3 އާއި ފްލައި ހޯވްކް ބައްދަލުކުރި މެޗު ނިމުނީ 3-1 އިން ފެލްކޯން މޮޅު ވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފެލްކޯން ގެ ނާފިއު ސައީދު އެވެ.

ހަވީރު ކުޅުނު ދެވަނަ މެޗުގައި އެފްޓީ ޔަންގް ސްޓްރައިކާސް އާ ވާދަކޮށް 10-1 ކާމިޔާބުކުރީ އެފްސީ ރިއަލް އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެފްސީ ރިއަލްގެ އަބްދުﷲ އަޒީމު އެވެ.

ކަމަދު ކައުންސިލުން ބުނި ގޮތުގައި އެރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އިޖުތިމާއީ ރޫޙާއި ކުޅިވަރުގެ ރޫޙް އާލަކޮށް، ކަމަދޫގައި ފުޓްބޯޅަ ކުރިއެރުވުމާއި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ މިއީ މި މުބާރާތް ބާއްވާ ތިންވަ ފަހަރެވެ.

މި މުބާރާތުގެ ޗެމްޕިއަން އަދި ރަނާ-އަޕް ޓީމަށް ކަމަދޫ ކައުންސިލުން ފައިސާގެ އިނާމު ވަނީ ހުށަހަޅާފަ އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ރާއްޖޭގެ އެންމެބޮޑު މުވާސަލާތީ ހިދުމަތްދޭ ކުންފުނި ދިރާގު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.