ހިތާދޫ ނެޝަނަލް ފުޓްސެލް ޗެލެންޖުގެ ގަދަ 16 އަށް

ނެޝަނަލް ފުޓުސެލް ޗެލެންޖެ 2015 ގެ ދަވަނަބުރުގެ ދެވަނަ މެޗުގެ މުޅުކުޅުންތެރިޔާގެ ހިތާދޫ ޓީމުގެ ހުޒައިފަތު ރަޝީދު އަށް ލިޔުން ހަވާލު ކުރަނީ ފޮޓޯ- ނެޝަނަލް ހާޑުވެއާ
ނެޝަނަލް ފުޓުސެލް ޗެލެންޖެ 2015 ގެ ދަވަނަބުރުގެ ދެވަނަ މެޗުގެ މުޅުކުޅުންތެރިޔާގެ ހިތާދޫ ޓީމުގެ ހުޒައިފަތު ރަޝީދު އަށް ލިޔުން ހަވާލު ކުރަނީ ފޮޓޯ- ނެޝަނަލް ހާޑުވެއާ

ނެޝަނަލް ހާޑުވެއާއިން އިންތިޒާމް ކޮށްގެން މާލޭގައި މިހާރު ކުރިއަށްދާ ފުޓުސަލް މުބާރާތުގެ ގަދަ 16 ޓީމުގެ ބުރަށް ބ. ހިތާދޫ ޓީމު ދަތުރުކޮށްފި އެވެ.

ހިތާދޫ ޓީމު ޖާގަ ހޯދީ މި މުބާރާތުގެ ދެވަނަބުރުގެ ދެވަނަ މެޗުގައި ރޭ ގދ. ތިނަދޫ އަތުން 5-1 އިން މޮޅުވެގެންނެވެ.

މި މެޗުގައި ހިތާދޫ ޓީމަށް ކާމިޔާބު ކޮށްދިން ފަސްލަނޑުގެ ތެރެއިން ތިންލަނޑު ޖަހާފައިވަނީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. އަނެއް ދެލަނޑު ޖަހައިދިނީ އަންމަޑޭ އާއި އަލީ ހައިޝަމެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިތާދޫ ޓީމުގެ ހުޒައިފަތު ރަޝީދު އެވެ.

ރޭ ކުޅުނު މި މެޗަކީ ހިތާދޫ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި މުބާރާތުގައި ބ. އަތޮޅުން ބައިވެރިވެފައިވާ ހަމަ އެކަނި ޓީމަކީ ހިތާދޫ ޓީމު ކަމަށްވުމުން ހިތާދޫ ޓީމުވަނީ އޮޓަމެޓިކުން ދެވަނަ ބުރަށް ކޮލިފައިން ވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.