“ވެޖިޓަބަލް ގާޑްން” އެއްގެ ގޮތުގައި ސްކޫލުތެރެ ފެހިކުރަނީ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިމާވެށީ ކްލަބުގެ ދަރިވަރުން ސްކޫލު ތެރޭގައި ތޔަރުކާރީ ބަގީޗާއެއް ހެދުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ / ސޭވް ކްލަބް
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިމާވެށީ ކްލަބުގެ ދަރިވަރުން ސްކޫލު ތެރޭގައި ތަރުކާރީ ބަގީޗާއެއް ހެދުމުގެ މަސައްކަތް ކުރަނީ– ފޮޓޯ / ސޭވް ކްލަބް

ފެހިކަން ގަދަ މާހައުލެއްގައި ދިރިއުޅެން ލިބުމަކީ ލިބޭނެ ބޮޑު ހިތްހަމަ ޖެހުމެކެވެ. އާބާދީ ބޮޑުވެ އިމާރާތްތަކުން ރާއްޖޭގެ ކުދި ރަށްތައް ފުރިގެންދާ އިރު ފެހިކަން ދައްކުވައިދޭ ތަންތަން ވަނީ ބޭނުންވެފަ އެވެ. ތަފާތު ވައްތަރުގެ ބަގީޗާތަކާއި ޕާކްތަކެވެ. ކުރިމަގުގައި ގެދޮރު ފަދަ ތަންތަން އަޅަން ޕްލޭންކުރާ އިރު މިފަދަ ތަންތަނަށް ޖާގަ ހުސްކުރުން މުހިންމެވެ.

“ވެޖްޓަބަލް ގާޑްން” ނުވަތަ ތަރުކާރީ ބަގީޗާ އެއްގެ ގޮތުގައި ތައުލީމީ މަރުކަޒު ފެހިކުރުމަށް މިދިޔަ ހުކުރު ދުވަހުފެށި މި މަސައްކަތް މިހާރު ވެސް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދެ އެވެ. ހަވީރު ގަޑީގައި ތައުލީމީ މަރުކަޒު ތެރެއަށް ވަނުމުން ވަރަށް ހީވާގި ކަމާ އެކު މަސައްކަތުގައި ދަރިވަރުން އުޅޭ ތަން ފެނެ އެވެ.

“މި މަސައްކަތަކީ އެންވަޔަރަމަންޓް ކްލަބް (ސޭވް) އިސް ނަގައިގެން ކުރަމުން ގެންދާ މަސައްކަތެއް. މިކަމުގައި ސްކޫލުގެ ޕީޓީއޭގެ ފަރާތުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. އަދި މިކަމަށް ބޭނުންވާނެ ގަސްކާނާ ފަދަ ތަކެތި ހަދިޔާކޮށްދީފައިވަނީ ޕީޓީއޭގެ ނައިބް ރައީސާ” ތަރުކާރީ ބަގީޗާއެއްގެ ގޮތުގައި ފެހިކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ސޭވް ކްލަބުގެ ޓީޗަރަކު ބުންޏެވެ.

އޭނާ ބުނީ މި މަސައްކަތް ނިމޭއިރު ސްކޫލު ތެރޭ އެ ސަރަހައްދު ސިފަވެގެންދާނީ ވަރަށް ހިތްގައިމު “ވެޖްޓަބަލް ގާޑްން” އެއްގެ ގޮތުގައި ކަމަށެވެ. ވެޖްޓަބަލް ގާޑްން ގައި މިދިޔަ ހުކުރު ދުވަހު ވަނީ ބެޑްތައް ތައްޔާރުކޮށް، ބައެއް ވައްތަރުގެ މުޑުވައްވެސް އިންދައިފަ އެވެ.  އަދި މަޝްރޫއު ނިމުމުން ތަރުކާރީ ބަގީޗާއިން ތަރުކާރީ ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ތަރުކާރީ ބަގީޗާގެ އިތުރުން ތައުލީމީ މަރުކަޒު ފެހި ކުރުމުގެ ގޮތުން މުވައްޒަފުން އިސްނަގައިގެން އެކި ސަރަހައްދުތަކުގައި ބެޑްތައް ހަދައިގެން ބަގީޗާ ގަސްތައްވެސް ހެއްދުމުގެ މަސައްކަތް ސްކޫލުގެ މުވައްޒަފުން އިސްނަގައިގެން ވަނީ ފަށައިފަ އެވެ. މި ގޮތުން ސްކޫލުގެ ހޯލަށް ވަންނަ ސަރަހައްދުގެ ދެ ފަރާތުގައި ކާޕެޓް ވިނަ އާއި މާ ބަގީޗާ ގަސްތައް ވަނީ ހައްދަން ފަށައިފަ އެވެ.

ސޭވް ކަލަބުން ބުނީ މި މަސައްކަތް ފުޅާކުރުމުގެ ގޮތުން ވަރަށް އަވަހަށް ފެނުގައި ގަސް ހެއްދުމުގެ ޕްރޮގްރާމެއްވެސް ފެށުމަށް ވިސްނަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.