އޭދަފުއްޓާ މާލެއާ ދެމެދު ކުރާ ލޯންޗު ދަތުރުތަކުގެ ޓިކެޓް އަގު ހެޔޮކޮށްފި އެވެ.
އޭދަފުށީގައި ފެރީގެ ޚިދުމަތްދޭ އެޓޯލް ކިއުޓް ފެރީ އަދި ސޭލަމް ފެރީ ސާވިސް އިން ބުނީ މާލެއާ އޭދަފުއްޓާ ދެމެދުކުރާ ދަތުރުގެ ޓިކެޓްގެ އަގު 330 ރުފިޔާއިން 300 ރުފިޔާއަށް ހެޔޮކޮށްފައިވާ ކަމަށެވެ.
ދެ ކުންފުނިންވެސް ބުނީ ޓިކެޓް އަގު ހެޔޮކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެން ކަމަށެވެ. އަދި ތެލުގެ އަގަށް ކުރިއަށް އޮތްތާނގައި ވެސް އަންނަ ބަދަލުތަކުގެ އަސަރު ޓިކެޓަށް ކުރާނެ ކަމަށް އެ ފަރާތުން އެވެ.
ތެލުގެ އަގު ދަށްވުމާ ގުޅިގެން، މިދިޔަ ދެ އަހަރެއް ތެރޭގައިވެސް ފެރީ ޓިކެޓް އަގު ދެތިން ފަހަރެެއްގެ މަތިންވަނީ ހެޔޮކޮށްފަ އެވެ.
.