ނެއްލައިދޫ ސްކޫލްގެ ދަރިވަރުންތަކެއް ތަޖުރިބާ ދަތުރެއްގައި އޭދަފުށީގައި

ނެއްލައިދޫ ސްކޫލްގެ ދަރިވަރުން އޭދަފުށީގައި-- ފޮޓޯ/ ބ. އަތޮޅު ތައުލީމީ މަރުކަޒު
ނެއްލައިދޫ ސްކޫލްގެ ދަރިވަރުން އޭދަފުށީގައި– ފޮޓޯ/ ބ. އަތޮޅު ތައުލީމީ މަރުކަޒު

ހދ. ނެއްލައިދޫ ސްކޫލްގެ ދަރިވަރުންތަކެއް ތަޖުރިބާ ދަތުރެއްގައި އިއްޔެ އޭދަފުއްޓަށް އަތުވެއްޖެ އެވެ.

އިއްޔެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ދަތުރުގައި އެ ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވާ އަށް ދަރިވަރުން ބައިވެރިވެ އެވެ. ދެން ހިމެނެނީ ދެ އޮފިޝަލެކެވެ.

ގްރޭޑް 1-12 އަށް ކިޔަވައިދޭ ނެއްލައިދޫ ސްކޫލުގެ ޕްރިންސިޕަލް ހުސައިން ހަސަން މިއަދު “އީޓީ” އަށް ވިދާޅުވީ، މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ކުރާ ދަތުރަކީ، އެ ސްކޫލުގެ ގްރޭޑް 12 ގެ ދިވެހި ޕްރޮޖެކްޓުގެ “ދަތުރުނާމާ” އަށް މައުލޫމާތު ހޯދުމަށްކުރާ ދަތުރެއް ކަމަށެވެ.

ނެއްލައިދޫ ސްކޫލްގެ ދަރިވަރުން އޭދަފުށީގައި-- ފޮޓޯ/ ބ. އަތޮޅު ތައުލީމީ މަރުކަޒު
ނެއްލައިދޫ ސްކޫލްގެ ދަރިވަރުން އޭދަފުށީގައި– ފޮޓޯ/ ބ. އަތޮޅު ތައުލީމީ މަރުކަޒު

“މީގެ އެންމެ ބޮޑު މަގުސަދަކީ އެ ކުދިން ގްރޭޑް 12 ގައި ހަދާ “ދަތުރު ނާމާ” ޕްރޮޖެކްޓަށް ބޭނުންވާ މައުލޫމާތު ހޯދައި ރިސާޗުކުރުން. އަދި ބ. ތައުލީމީ މަރުކަޒުގައި ކުލާސްތަކުގައި ކިޔަވައިދޭ ގޮތާއި އެތަނުގައި ހުރި ރިސޯސްތައް ބޭނުން ކުރަމުން އަންނަ ގޮތާއި، ސްކޫލްގެ މެނޭޖްމަންޓުން ދަރިވަރުންގެ ކަންކަމަށް ދޭ ސަމާލުކަން ދެނަގަތުން. އަދި ހަމަ މިއާއެކު، އަޅުގަނޑުމެންގެ ދަރިވަރުން އެ ސްކޫލްގެ ކުލާސްތަކުގެ ކިޔެވުން ތަޖުރިބާ ކުރުން،” އޭނާ ވިދާޅުވި އެވެ.

ހުސައިން ހަސަން ވިދާޅުވީ، ބ. އަތޮޅު ތައުލީމީ މަރުކަޒަކީީ ތައުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދަމުން އަންނަ އަދި “ނަތީޖާ ނެރޭ” ސްކޫލެއް ކަމަށެވެ.

“އަޅުގަނޑުމެން ކޮންމެ އަހަރަކު ކުރާ މިފަދަ ތަޖުރިބާ ދަތުރު ބ. އަތޮޅު ތައުލީމީ މަރުކަޒަށް މިއަހަރު ކުރަން ބޭނުންވި ސަބަބުތަކުގެ ތެރޭގައި އެ ސްކޫލަކީ ރާއްޖެ ތެރޭގައި ހުޅުވި ފުރަތަމަ އަތޮޅު ތައުލީމީ މަރުކަޒަށްވެފައި ސްކޫލްގެ މެނޭޖްމަންޓުން، ސްކޫލް ކުރި އަރުވައި ތައުލީމީ ދާއިރާ އަށް ދޭ ސަމާލުކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަަށް ފާހަގަ ކުރެވިފައި އޮތުން ހިމެނޭ،” އޭނާ ވިދާޅުވި އެވެ.

ނެއްލައިދޫ ސްކޫލުގެ ދަރިވަރުން އޭދަފުއްޓަށް ކުރާ ދަތުރުގައި، އޭދަފުށީގައި ހުރި ސަރުކާރުގެ އޮފީސް އަދި ބައެއް ކުންފުނި ތަކަށް ޒިޔާރަތްކޮށް، އެތަންތަނާ ބެހޭ މައުލޫމާތު ވެސް އެއްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެ ސްކޫލުން ބުނީ، ކޮންމެ އަހަރަކުވެސް މި ދަތުރު ކުރަނީ ސްކޫލްގެ ބެލެނިވެރިންނާއި ޕީޓީއޭގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެެއް ލިބިގެން ކަމަށެވެ.

ނެއްލައިދޫ ސްކޫލުގެ ދަރިވަރުން އިއްޔެ ވަނީ ބ. އަތޮޅު މަދަރުސާއަށް ވެސް ޒިޔާރަތްކޮށްފަ އެވެ. އަދި މި ދަތުގައި ސޮނެވާފުށީ ރިސޯޓަށްވެސް ޒިޔާރަތްކޮށް މައުލޫމާތު ހޯދާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.