ލޯކަލް މާރުކޭޓް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން ބާތިލުކޮށްފި

އަތޮޅު ކައުންސިލުން ލޯކަލް މާރުކޭޓް އަޅާ ސަރަހައްދުގެ ބިން ސާފުކޮށްފައި-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
އަތޮޅު ކައުންސިލުން ލޯކަލް މާރުކޭޓް އަޅާ ސަރަހައްދުގެ ބިން ސާފުކޮށްފައި– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

އޭދަފުށީގައި އިމާރާތް ކުރަން ނިންމާފައިވާ ލޯކަލް މާރުކޭޓް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން އަތޮޅު ކައުންސިލުން ބާތިލުކޮށްފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި އެ އިއުލާނު ބާތިލުކުރީ އޭދަފުށިގައި ލޯކަލް މާރުކޭޓް އެޅުމަށް ހަމަޖެހިފައިވާ ބިމަކީ ވަގުތީގޮތުން ދޫކޮށްފައިވާ ބިމަކަށްވާތީ، އެ ބިން ލޯކަލް މާރުކޭޓް އެޅުމަށް ދާއިމީ ބިމެއްގެ ގޮތުގައި ހަމަޖައްސަން އޭދަފުށީ ކައުންސިލުން ބޭނުންވާތީ އެވެ.

އަތޮޅު ކައުންސިލުން ބުނީ ދާއިމީ ބިމެއްގެ ގޮތުގައި އެ ބިން ހަމަޖެހުނުހާ އަވަހަކަށް އަލުން އިއުލާން ކުރާނެ ކަމަށެވެ.

ބ. އަތޮޅުގެ ރަށްރަށުން އެކި ބޭނުންތަކަށް އޭދަފުއްޓަށް އަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ލޯކަލް މާރުކޭޓް ހަދަން އަތޮޅު ކައުންސިލުން ނިންމާފައިވަނީ ރަށުގެ އުތުރު ފަރާތު ދިގަލިގެއާ ދިމާ ބަނދަރު މައްޗަށްވާ ގޮތަށެވެ. އެ އިމާރާތް ހެދުމަށް އެ ސަރަހައްދުގައި ހުރި ރުއްގަސް ކަނޑައި ބިންވެސް ވަނީ ސާފުކޮށްފަ އެވެ.

މި މާރުކޭޓުގެ ސަބަބުން ދަތުރުވެރިންނަށް އެމީހުން ހައްދާ ތަރުކާރީގެ ބާވަތްތަކާއި މޭވާގެ ބާވަތްތަކުގެ އިތުރުން މަހުގެ ބާވަތްތައް އަތޮޅުތެރެއަށް އެއްތަނަކުން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އަތޮޅު ކައުންސލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.