އިރުމަތީ ހުރަސް ވާޓަރުގައި ކެޕިން ބީމް އެޅުމުގެ މަސައްކަތް ފަށައިފި

އޭދަފުށީގެ އިރުމަތީ ސަރަހައްދު ހުރަސްތޮށީގައި ކެޕިން ބީމް އެޅުމުގެ މަސައްކަތް ކުރަނީ.-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
އޭދަފުށީގެ އިރުމަތީ ސަރަހައްދު ހުރަސްތޮށީގައި ކެޕިން ބީމް އެޅުމުގެ މަސައްކަތް ކުރަނީ.– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ސަރުކާރުން ކުރިއަށް ގެންދާ ބަނދަރުތައް އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބ. އޭދަފުށީގެ އިރުމަތީ ސަރަހައްދު ހުރަސްތޮށީގެ ކެޕިން ބީމް (ކޮންކްރީޓްބައި) އެޅުމުގެއަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫއުގެ ދަށުން އޭދަފުށީ ބަނދަރުގެ އިރުމަތީ ފަރާތުން 97 މީޓަރު އެއްގަމު ތޮށީގެ ކެޕިން ބީމް ހަދާނެ އެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.

ހައުސިން މިނިސްޓްރީން މިދިޔަ އަހަރުގެ އޭޕްރިލް 29 ގައި އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކުރީ މަސައްކަތް ފަށާތާ ދެ މަސްދުވަހުގެ ތެރޭ ނިންމުމަށެވެ.

އެމްޓީސީސީން ކުރިން ބުނިގޮތުގައި މި މަސައްކަތް ފެށުން ލަސްވެފައިވަނީ މަސައްކަތް ސަބްކޮންޓްރެކްޓަށް ބަޔަކާ ހަވާލުކުރުމަށް ވަގުތުތަކެއް ހޭދަވުމުންނެވެ.

އޭދަފުށީ ބަނދަރުގެ އިރުމަތީ ހުރަސްތޮށީގައި ޝީޓްޕައިލް ޖަހައިފައިވަނީ މީގެ ފަސްވަރަކަށް އަހަރުކުރިން ރަށު ރައްޔިތުންގެ މާލިއްޔަތުން ބައި މިލިޔަނެއްހާ ރުފިޔާ ހަރަދުކޮށްގެންނެވެ. އޭރު އަރިއަޅާލައި ކޮންމެވެސްވަރަކަށް ވެއްޓިފައިއޮތް ކޮންކްރީޓް ވާޓަރު ނަގައި، ޝީޓްފައިލް ޖެހިގޮތަށް ކޮންކްރީޓްބައިނާޅައި އެެހެން އޮތުމުގެ ސަބަބުން ދަތުރުވެރިންނަށް އެ ސަރަހައްދު ބޭނުންކުރުމުގައި ވަރަށްބޮޑެތި ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.