އޭދަފުށީގައި ޑެންގީ ހުން ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މިދިޔަ އަހަރުތެރޭ ޑެންގީ ހަލުވިކަމާ އެކު ފެތުރެމުން ދިއުމާގުޅިގެން، ކަމާބެހޭ ދާއިރާތައް ގުޅިގެން ރަށުތެރެ ސާފުކުރަނީ.--- އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރުތެރޭ ޑެންގީ ހަލުވިކަމާ އެކު ފެތުރެމުން ދިއުމާގުޅިގެން، ކަމާބެހޭ ދާއިރާތައް ގުޅިގެން ރަށުތެރެ ސާފުކުރަނީ.— އީޓީ ފައިލް ފޮޓޯ

އޭދަފުށީގައި މި ދުވަސްކޮޅު ޑެންގީ ހުން ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށާއި އެކަމަށް އާންމުން ހާއްސަ ސަމާލުކަމެއް ދިނުމަށް ބ. އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން އިލްތިމާސްކޮށްފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު ސިދުގީ އަބްދުﷲ ވިދާޅުވީ މި އަހަރުގެ މިހާތަނަށް ޑެންގީއަށް ޕޮޒިޓިވް ވި ހަތަރު މީހަކަށް ފަރުވާދީފައިވާ ކަމަށާއި މިރަށުގައި ޑެންގީ އިތުރަށް ފެތުރުމުގެ ބިރު އެބައޮތް ކަމަށެވެ.

ސިދުގީ ވިދާޅުވި ގޮތުގައި ޑެންގީހުން އޭދަފުށީގައި އިތުރުވަމުންދަނީ މަދިރި އުފެދޭ ތަންތަން ނައްތާނުލެވި ހުރުމުންނެވެ. އެހެންވެ ބަލިން ސަލާމަތްވެ ތިބުމަށާއި ބަލި ކޮންޓްރޯލް ކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ސިދުގީ ވިދާޅުވި އެވެ.

“އޭދަފުށީގެ ކުނިކޮށީގައި ގިނަދުވަސްތަކެއް ވަންދެން ޖަމާވެފައިވާ ފެން ހަރުލާޒާތުގެ ދަޅުފުޅި ފަދަތަކެތިވެސް މިހާރުން މިހާރަށް ނައްތާލަން ޖެހޭ. އެކަމާމެދު އޭދަފުށީ ކައުންސިލާ މަޝްވަރާކުރެވެމުންދަނީ. އަދި މިހަފްތާއިން ފެށިގެން ހޮސްޕިޓަލްގެ ހާއްސަ ޓީމަކުން އޭދަފުށީގެ ގޭގެ އާ އާންމު ސަރަހައްދުތައް މޮނިޓަކުރުމަށް ވެސް ވަނީ ނިންމާފައި،”

މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލައި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ސާފުކޮށް ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޕަބްލިކް ހެލްތު ޔުނިޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

“ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި ޑެންގީ މަދިރި ފަނި އުފެދޭ ފަދަ، ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުމަށް ސަމާލުކަން ދިނުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަން.”

އޭދަފުށިން ޑެންގޫހުން ފެންނަމިންވަރު އިތުރުވަމުންދާކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނިއިރު މިދިޔަ ހަފްތާ ބަންދުތެރޭގައި އެ ހޮސްޕިޓަލާއި އޭދަފުށީގައި ހުރި އޮފީސްތަކުގެ މުވައްޒަފުން ގުޅިގެން ރަށުގެ ގޭގޭގައި މަދިރި އުފެދޭގޮތަށްހުރި ތަންތަން ބަލައި ނައްތާލުމުގެ މަސައްކަތްވަނީ ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.