ނަޒީރު ހަދައިދޭ ޓާފު ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފި؟!

އޭދަފުށީ އިރުމަތީ ސަރަހައްދު ފުޓްބޯޅަ ދަނޑުގައި ކުޅެނީ. އެ ދަނޑުގައި ޓާފު އަޅަން ބަޔަކާ ވަނީ ހަވާލުކޮށްފައި-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
އޭދަފުށީ އިރުމަތީ ސަރަހައްދު ފުޓްބޯޅަ ދަނޑުގައި ކުޅެނީ. އެ ދަނޑުގައި ޓާފު އަޅަން ބަޔަކާ ވަނީ ހަވާލުކޮށްފައި– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ބ. އޭދަފުއްޓަށް އުފަން މަހުޖަނު، ޗާންދަނީ އަހްމަދު ނަޒީރު ފަންޑު ކޮށްގެން އޭދަފުށީގައި އެޅުމަށް ނިންމާފައިވާ ޓާފު ދަނޑު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

ޓާފު އަޅަން ހަމަޖައްސާފައި ވަނީ އޭދަފުށީ އިރުމަތީ ސަރަހައްދު ފުޓްބޯޅަ ދަނޑުގަ އެވެ.

މި ޕްރޮޖެކްޓަކީ މިދިޔަ މަޖްލިސް އިންތިހާބުގެ ކެމްޕޭނުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން ނަޒީރު ވެ ވަޑައިގެންނެވި ވައުދެކެވެ.

ސަލީމް ކެމްޕޭނުގަިއ އިސްކޮށް އުޅުނު ފަރާތެއް ބުނި ގޮތުގައި ޓާފު ދަނޑު އެ ދަނޑަށް ބޭނުންވާ ޓާފު ގަތުމަށާއި ދަނޑު ހަދަން ހަވާލުކޮށްފައިވަނީ ނެދަލެންޑުގެ ކުންފުންޏަކާ އެވެ. އޭނަ ބުނި ގޮތުގައި ކުރިއަށް އޮތް ދެތިން މަސްތެރޭ ދަނޑުގެ އަމަލީ މަސައްކަތް ފަށާނެ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެ ދަނޑުގައި ޓާފް އެޅުމުގެ އިތުރުން ލައިޓް ސިސްޓަމުތައްވެސް ހަރުކުރާނެ އޭނަ ބުންޏެވެ.

ފުޓްބޯޅައަށް މަރުދޭ ޒުވާނުންތަކެއް ދިރިއުޅޭ އޭދަފުށިން ރާއްޖޭގެ ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިންތަކެއް އުފެދިފައިވާއިރު މިރަށުގައި އެކަށީގެންވާ ދަނޑެއް ނެތުމުގެ ޝަކުވާ މި ދާއިރާގެ ގިނަބަޔަކު އަބަދުވެސް ކުރެއެވެ. މި ޕްރޮޖެކްޓް ކާމިޔާބުވެއްޖެނަމަ މިއީ އޭދަފުށީގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ވާސިލްވުމަށް ހުޅުވޭނެ ވަރަށް މުހިއްމު ދޮރަކަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.