ތުޅާދޫގައި ހޭލުންތެރި ކުރުމުގެ ހަރަކާތްތަކެއް ދިރާގުން ބާއްވައިފި

ދިރާގާއި ފެމެލީ ސެންޓަރު ގުޅިގެން ތުޅާދޫގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން– އީޓީ ފޮޓޯ / ރާއިފް ޔޫސުފް
ދިރާގާއި ފެމެލީ ސެންޓަރު ގުޅިގެން ތުޅާދޫގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ބ. ތުޅާދޫގައި ހޭލުންތެރިކުރުމުގެ ހާއްސަ ހަރަކާތްތަކެއް ބާއްވައިފި އެވެ.

ދިރާގުން ބުނި ގޮތުގައި މި ހަފްތާ ބަންދުތެރޭ ތުޅާދޫގައި މި ހަރަކާތްތައް ކުރިއަށް ގެންދިޔައީ ބ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރާއި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގުޅިގެންނެވެ.
އެގޮތުން އެ ރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި އާއިލާ ހަވީރަކާއި ހޭލުންތެރިކުރުމުގެ ސެޝަންތައް ހިމެނެ އެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

ދިރާގާއި ފެމެލީ ސެންޓަރު ގުޅިގެން ތުޅާދޫގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން– އީޓީ ފޮޓޯ / ރާއިފް ޔޫސުފް
ދިރާގާއި ފެމެލީ ސެންޓަރު ގުޅިގެން ތުޅާދޫގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

އާއިލީ ހަވިރުގައި ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ސްޓޯލްތަކާއި، އާއިލާތަކަށް ބައިވެރިވެވޭ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ހަވީރަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ބޭއްވުނު ލަކީ ޑްރޯއިން ހޮވުނު ފަރާތްތަކަށް ވަނީ ދިރާގުގެ ހަދިޔާ ދީފަ އެވެ.

ދަރިވަރުންނާއި ބެލެނިވެރިންނަށް ކުރިއަށްގެންދިޔަ ހޭލުންތެރިކުރުމުގެ ސެޝަން ތަކަކުގައި އާކް އިން ފަށާފައިވާ “€œހޯޕް” ކެމްޕެއިންގެ ދަށުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ، އަނިޔާ ލިބިފައިވާ ކުދިންނަށް ފަރުވާ އަށް މަގުފަހިކޮށް ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު ކަމާއި ބުލީ ކުރުމާއި ތަފާތުކުރުމާ ދެކޮޅަށް ކުޑަކުދިން ހޭލުންތެރިކުރުމާގުޅޭ މައުލޫމާތު މި ސެޝަން ތަކުގައިވަނީ ދީފަ އެވެ.

މީގެ އިތުރުން އާކުން ކުރިއަށްގެންދާ “ރެސްޕެކްޓް”ގެ ކެމްޕެއިންގެ ދަށުން އެއް ކުއްޖަކު އަނެއް ކުއްޖަކަށް އިހުތިރާމްކޮށް، ތަފާތުތައް ދެނެގަތުމަށް ދަސްކޮށްދީފައިވެ އެވެ. އެގޮތުން، ޕޮޒިޓިވް އުސޫލުތައް އަށަގެންނެވުމަށް ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޓީޗަރުންނަށް ހިިތްވަރު ދިނުމާގުޅޭ ގޮތުންވެސް ވަނީ މައުލޫމާތުދީފަ އެވެ.

ދިރާގާއި ފެމެލީ ސެންޓަރު ގުޅިގެން ތުޅާދޫގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން– އީޓީ ފޮޓޯ / ރާއިފް ޔޫސުފް
ދިރާގާއި ފެމެލީ ސެންޓަރު ގުޅިގެން ތުޅާދޫގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ތުޅާދޫގައި މި ހަރަކާތްތައް ކުރިއަށް ގެންދިވުމުގައި އެރަށު ކައުންސިލާއި ތުޅާދޫ ސްކޫލުގެ ިއތުރުން ސަރުކާރު އިދާރާތަކާއިއ ަދި އާއްމު ރައްޔިތުންގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބުނުކަމަށް ދިރާގު އޭދަފުށީ އޮޕަރޭޝަން ސެންޓަރުން ބުންޏެވެ. ދިރާގުގެ އިޖުތިމާއީ ޒިންމާގެ ހަރަކާތެއްގެ ގޮތުގައި، މިދިޔަ އަހަރު މިއަތޮޅުގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ ގޮއިދޫގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.