ކަމަދޫގައި ހިންގި އަމާންވެށި ކޭމްޕް ނިމި ސެޓްފިކެޓް ދީފި

ބ. ކަމަދޫގައި ފުލުހުން ހިންގި އަމާން ވެށި ކޭމްޕުގެ ތެެރެއިން: ފޮޓޯ / ޕޮލިސް
ބ. ކަމަދޫގައި ފުލުހުން ހިންގި އަމާން ވެށި ކޭމްޕުގެ ތެެރެއިން: ފޮޓޯ / ޕޮލިސް

 

ކަމަދޫ ސްކޫލުގެ ދަރިވަރުންނަށް ފުލުހުން ހިންގި އަމާން ވެށި ކޭމްޕު ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ފެބްރުއަރީ މަހުގެ 18 ން 20 އަށް ކަމަދޫ ސްކޫލުގެ ސާނަވީ މަރުހަލާގައި ތައުލީމު ހާސިލުކުރަމުންދާ ފުރާވަރުގެ ދަރިވަރުންނަށް ބޭއްވި މި ކޭމްޕްގެ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ ނޯތު ޕޮލިސް ޑިވިޒަންގެ ކޮމާންޑަރު އިންސްޕެކްޓަރު އޮފް ޕޮލިސް ޢަބްދުﷲ ނަސީރު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނޯތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު އަބްދުﷲ ނަސީރު ވިދާޅުވީ މި ކޭމްޕުން ލިބުނު މައުލޫމާތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި ހެދިފައިވާ ޤާނޫނުތަކަށް ބޯލަނބުމަށް ނަސޭހަތްތެރިވެލެއްވި އެވެ.

ބ. ކަމަދޫގައި ފުލުހުން ހިންގި އަމާން ވެށި ކޭމްޕުގެ ތެެރެއިން: ފޮޓޯ / ޕޮލިސް
ބ. ކަމަދޫގައި ފުލުހުން ހިންގި އަމާން ވެށި ކޭމްޕުގެ ތެެރެއިން: ފޮޓޯ / ޕޮލިސް

މި ކޭމްޕުގައި ބ. ކަމަދޫ ސްކޫލުގެ ގްރޭޑް 7 ން ފެށިގެން މަތީ ގްރޭޑްތަކުގައި ތަޢުލީމު ހާސިލްކުރާ 25 ދަރިވަރަކު ބައިވެރިވެ، ވަނީ ކޭމްޕު ފުރިހަމަކޮށްފަ އެވެ.

މި ކޭމްޕްގައި ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތައް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމި ތިބުމަށް ބާރު އަޅައިދޭ ގިނަ ހަރަކާތްތަކެއް ފުލުހުުންވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ކުށުގެ ނުރައްކަލުން ދުރުވެ ރަނގަޅު ތަރުބިއްޔަތެއް ލިބިގެން މުޖުތަމައަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް އޮޅުންފިލުވައިދީ، އިސްލާމީ މުޖުތަމައެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

65be25a00db39efe3f1f685e72f1da3f51d516f528b17a77851b89ffbe3566e1

 

މީގެ އިތުރުން ޤާނޫނަށް އަހުލުވެރި ކުރުވައި އަމިއްލަ ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދީ ޖިނާއީ ކުށްތައް ކުރުމުން އަމަލުކުރެވެމުންދާ ގޮތުގެ މައުލޫމާތުވެސް ކޭމްޕްގެ ބައިވެރިންނަށް ދީފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި ސައިބަރ ކްރައިމްގެ ކުށްތަކާއި އެފަދަ ކަންކަމުން ދުރުވެ ތިބުމުގައި ދަރިވަރުން ސަމާލުކަންދޭންވީ ކަންތައްތަކާ ބެހޭގޮތުންވެސް މަޢުލޫމާތު ދީފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.