ލިޔެލާޖަހަން ދަސްކޮށްދޭ ކޯހެއް ތުޅާދޫގައި ފަށައިފި

ލިޔެލާޖަހަން ދަސްކޮށްދޭ ކޯހެއް ތުޅާދޫގައި ފަށައިފި
ލިޔެލާޖަހަން ދަސްކޮށްދޭ ކޯހެއް ތުޅާދޫގައި ފަށައިފި

 

ބ. ތުޅާދޫ ކައުންސިލުން ލިޔެލާ ޖަހަން ދަސްކޮށްދޭ ކޯހެއް އެރަށުގައި ފަށައިފި އެވެ.

ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި ކޯސް ތުޅާދޫ ކައުންސިލް އިދާރާގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ފައްޓަވައިދެއްވީ ކޮންޒަވޭޝަން ފަންޑުގެ ޗެއާމަން އަދި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އެންމެ އިސްވެރިޔާ އިބްރާހިމް ނައީމު އެވެ. މި ކޯހުގައި 30 މީހަކު ބައިވެރިވެފައިވެ އެވެ.
މިއަދުން ފެށިގެން އެއްމަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހުގައި ތުޅާދޫގެ 30 މީހަކު ބައިވެރިވެފައިވެ އެވެ. ރާއްޖޭގައި ލިޔެލާ ޖެހުމަށް މަޝްހޫރު އަދި ހުނަރުވެރި މީހުން ތިބީވެސް ތުޅާދޫގަ އެވެ.

ބ. އަތޮޅުުގެ ގުދަރަތީ ވަސީލަތްތަކާއި ދިރޭ ތަކެތީގެ ނަސްލު ހިމާޔަތްކުރުމާ ބެހޭ ފަންޑުން، މި އަތޮޅުގައި ހަތް މަޝްރޫއެއް ހިންގުމަށް އެއް ލައްކަ ޑޮލަރު ކަނޑައަޅައި، ހިލޭ އެހީ ދިނީ 2014 ވަނަ އަހަރު އެވެ.

ލިޔެޔާ ޖަހަން ދަސްކޮށްދޭ ކޯސް ފެށުމަށް މިއަދު ތުޅަދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ / ބަޔޮސްފިއާ ރިޒާވް އޮފީސް
ލިޔެޔާ ޖަހަން ދަސްކޮށްދޭ ކޯސް ފެށުމަށް މިއަދު ތުޅަދޫގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ / ބަޔޮސްފިއާ ރިޒާވް އޮފީސް

 

އެގޮތުން އެހީ ދިނީ އަތޮޅުގެ ތަރައްގީ އަށް މަޝްރޫއުތައް ހިންގަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ހަތް ފަރާތަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ދަރަވަންދޫ ޑިވެލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީ އާއި ކެންދޫ ސްކޫލާއި ކިހާދޫ ފާމް ފައުންޑޭޝަނާއި މާޅޮހު އަންހެނުންގެ ކޮމެޓީ އާއި ތުޅާދޫ ކައުންސިލްގެ އިތުރުން އޭދަފުށީ ފޭލި ޖަމިއްޔާ އެވެ.

މި ޕްރޮޖެކްގެ ދަށުން ފޭލި ޖަމިއްޔާއިން ވަނީ 17 ފަރާތަކަށް އައުޓް ބޮޑު އިންޖީނު މަރާމާތުކޮށް ސާވިސްކުރަން ދަސްކޮށްދީފަ އެވެ. އަދި ބ. މާޅޮހު އަންހެނުންގެ ކޮމެޓީން އަށް ކޮންޒަވޭޝަން ފަންޑުން ލިބުނު އެހީން ވަނީ އެރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖް ކުރުުމަށް ގާއިމުކުރި ސެންޓަރަށް އެހީވެދީފަ އެވެ. އަނެއް ހަތަރު ޕްރޮޖެކްޓްވެސް މިއަހަރުތެރޭ ފެށޭނެ ކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން ބުންޏެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނީ ކޮންޒަވޭޝަން ފަންޑުން އެހީ ލިބިގެން ހިންގާ މި ޕްރޮޖެކްޓްތަކުގެ ސަބަބުން މިއަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އިތުރު ބޮޅުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.