މިއަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހުރިހާ ގޮތަކުން އެންމެމޮޅު ސެކަންޑްރީ ދަރިވަރަކަށް އަސްކޮއި ހައްޖު-އުމުރާ ޖަމާއަތުގެ ފަރާތުން އުމުރާ ދަތުރެއް ދޭން ނިންމައިފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އަސްކޮއި ހައްޖު-އުމުރާ ޖަމާއަތުގެ ފަރާތުން މި އުމުރާ ދަތުރު ހުށަހަޅާފައިވަނީ މިއަހަރު އެ ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށެވެ. އެ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންގެ ނަން އިއުލާން ކުރަނީ އަހަރުގެ ފަހުކޮޅު އޮންނަ ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާގަ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި ދަރިވަރަށް ލިބޭ މި އުމުރާ ދަތުރުގައި އަސްކޮއި ހައްޖު-އުމުރާ ގްރޫޕްގެ ފަރާތުން އެ ދަރިވަރު ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު ނުވަތަ ޑިސެމްބަރުމަހުގެ އުމުރާ ދަތުރުގަ އެވެ.