ބ. އަތޮޅުގެ 20 ރަށް ވަރުވާއަށް ދޫކުރަން ކުރި އިއުލާން ބާތިލުކޮށްފި

002950-24-island-aerial-kunfunadhoo

ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހިމެނޭ ރަށްތަކަކާ އެކު މިއަތޮޅުން 20 ރަށެއް ވަރުވާ އަށް ދޫކުރަން ކުރި އިއުލާން ފިޝަރީޒް މިނިސްޓްރީން ބާތިލުކޮށްފި އެވެ.

އެ އިއުލާނު ބާތިލުކުރީ ފޯމު ވިއްކުމަށް ކަނޑައެޅިފައިވާ ތާރީޚަށް ބަދަލު އައިސްފައިވާތީކަމަށް އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވެ އެވެ.

މި އިއުލާން ބާތިލުކޮށްފައި މިވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހިމެނޭ ރަށްތަކަކާ އެކު މިއަތޮޅރަށެއް ވަރުވާ އަށް ދޫކުރަން ފިޝަރީޒް މިނިސްޓްރީން އިއުލާންކޮށްފައިވާތީ، އެކަމާ އަތޮޅު ކައުންސިލުންނާއި ގިނަ ބަޔަކު ސޯސަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވެސް ވަނިކޮށެވެ.

ފިޝަރީޒް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ނެރުނު އިއުލާނުގައިވާ ގޮތުން ވަރުވާއަށް ދިނުމަށް ހަމަޖެހިފައި ވަނީ ބ. ނެލިވަރުފިނޮޅު، ބަތަލާހުރާ، ބޯދާފުށީފިނޮޅު، ކަށިދުއްފަރުފިނޮޅު، އަހިވައްފުށި، އައިދޫ، ވަންދުއްމާފަރުފިނޮޅު، ވިނަނެތްފަރުހުރާ، މާފުށީފިނޮޅު، މެދުފިނޮޅުގާތުފިނޮޅު، ފިނޮޅުފަރު، ދޮރުކަނޑު އުތުރުހުރާ، ދޮރުކަނޑު ދެކުނުހުރާ، ގާވިލިގިލި، ގާގަނޑުފަރުހުރާ، ބޮއިފުށި، މާއްޑޫހުޅުދޫ، ދަންދޫ، އުނޑޫދޫ އަދި ވެޔޮފުއްޓެވެ.

ވަރުވާ އަށް ދޫކުރާ ބަތަލާހުރާ އާއި ވިނަފެތްފަރުހުރާ އަދި ދޮރުކަނޑު އުތުރު ހުރާ އަކީ ބަޔޮސްފިއާ ރިޒާވްގެ ކޯ އޭރިއާގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ރަށްތަކެކެވެ. އެ ރަށްތަކަކީ ތިމާވެށީގެ ގާނޫނުގެ ދަށުން 2011 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ރަށްތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.