“ބަޔޮސްފިއާ ރިޒާވް އޮންނާނީ ރައްކާތެރިކަން ލިބިފައިވާ ސަރަހައްދެއްގެ ގޮތުގައި”

manta-940x500

ބ. އަތޮޅު ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް އޮންނާނީ ރައްކާތެރިކަން ލިބިފައިވާ، މެނޭޖްޑް ސަރަހައްދެއްގެ ގޮތުގައި ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބާރަހިމްވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގެ ކޯ އޭރިއާ ތެރޭގައި ހިމެނޭ ހަތަރު ރަށެއް އެކުލެވޭ ގޮތަށް އެ އަތޮޅުގެ ފަޅުރަށްތަކެއް ވަރުވާ އަށް ދޫކުރުމަށް ސަރުކާރުން ކުރި އިއުލާނާ ގުޅިގެން ބައެއް މީހުން ހަގީގަތާ ހިލާފަ ހަބަރު ފަތުރަމުން ދާ ކަމަށެވެ. އަދި އެ ސަރަހައްދު އޮންނާނީ ތިމާވެށީގެ ގޮތުން ރައްކާތެރިކަން ލިބިފައިވާ ތަނެއްގައި ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓަރު މިހެން ވިދާޅުވިއިރު، ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހިމެނޭ ރަށްތަކަކާ އެކު އެ އަތޮޅުން 20 ރަށެއް ވަރުވާ އަށް ދޫކުރަން ފިޝަރީޒް މިނިސްޓްރީން އިއުލާން ކުރުމުން ބ. އަތޮޅު ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ވަރުވާ އަށް ދޫކުރަން ސަރުކާރުން އިއުލާންކުރި ރަށްތަކުގެ ތެރެއިން ބަތަލާހުރާ އާއި ވިނަފެތްފަރުހުރާ އަދި ދޮރުކަނޑު އުތުރު ހުރާ އަކީ ބަޔޮސްފިއާ ރިޒާވްގެ ކޯ އޭރިއާގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ރަށްތަކެކެވެ. އެއީ ތިމާވެށީގެ ގާނޫނުގެ ދަށުން 2011 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ރަށްތަކެކެވެ.

ހިމާޔަތްކޮށްފައިވާ ބައެއް ރަށްތަކާ އެކު 20 ރަށެއް ވަރުވާ އަށް ދޫކުރަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިދިޔަ ހޯމަދުވަހު ކުރި މި އިއުލާން އިއްޔެ ވަނީ ބާތިލްކޮށްފަ އެވެ.

Screen-Shot-2016-02-03-at-11.59.20-940x500

ބަޔޯސްފިއާ ސަރަހައްދު ބެލެހެއްޓުމަށް ސަރުކާރުން ވަނީ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުގެ ނަމުގައި އޮފީހެއް އުފައްދާފަައި ކަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފާހަގަކުރެ އެވެ. އަދި އެ ސަރަހައްދުން ލިބޭ މަންފާއިން އެ ސަރަހައްދުގެ ވެށި ހިމާޔަތްކޮށް ދެމެހެއްޓުމަށް ފަންޑެއް ވެސް ސަރުކާރުން ވަނީ ހުޅުވާފަ އެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުން ހަމަޖައްސާފައިވާ އެ އިންތިޒާމްގެ ތެރެއިން، އެ ސަރަހައްދު އެކަށީގެންވާ ރަނގަޅު ގޮތެއްގައި ބަލަހައްޓައި، އެތަނުގެ މަންފާ ރާއްޖޭގެ ޓޫރިޒަމާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބޭ ކަމަށެވެ.

މީގެ އިތުރުން އެ ސަރަހައްދު ބަލަހައްޓައި އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެހެންކަމުން އެ ސަރަހައްދު އޮންނާނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖޭގައި ދިރުއުޅޭ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދިކަން ދައްކުވައިދޭ މުހިއްމު ތަރިކައެއްގެ ގޮތުގައި ކަމަށް ވެސް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.