ބެޑުމިންޓަން މުބާރާތުން ބ. ތައުލީމީ މަރުކަޒުގެ ޓީމުތައް ސެމީއަށް

•	ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅެނީ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުތައްވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައި / ހަރުޝާ
• ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅެނީ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުތައްވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައި / ހަރުޝާ

14 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ސެމީ ފައިނަލަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުތައް ދަތުރުކޮށްފި އެވެ.

މި މުބާރާތުގެ ޓީމު އިވެންޓްގައި ތައުލީމީ މަރުކަޒުގެ ތިން ޓީމު ބައިވެރިވި އެވެ. އެ ތިން ޓީމުވެސް ސެމީ ފައިނަލުން ޖާގަ ހޯދީ ކުޅުނު ހުރިހާ މެޗަކުން ފަސޭހަ ކަމާއެކު ކާމިޔާބުކޮށް ގްރޫޕްތަކުގެ އެއްވަނަ ޓީމުތަކުގެ ގޮތުގަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 19 އަހަރުން ދަށުގެ ފިރިހެން ޓީމު ސެމީ ފައިނަލުން ޖާގަ ހޯދީ ރ. އަތޮޅު ތައުލީމީ މަރުކަޒު އަތުން 4-1 އިން މޮޅުވެގެންނެވެ. ސެމީ ފައިނަލުގައި އެ ޓީމު ވާދަކުރަން މުލަކު ސްކޫލާ އެވެ.

•	ބެޑްމިންޓަން މުބާރާތުގެ ތެރެއިން. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުތައްވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައި / ހަރުޝާ
• ބެޑްމިންޓަން މުބާރާތުގެ ތެރެއިން. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުތައްވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައި / ހަރުޝާ

ތައުލީމީ މަރުކަޒުގެ 16 އަހަރުންދަށުގެ އަންހެން ޓީމު ސެމީ ފައިނަލުން ޖާގަ ހޯދީ ޅ. އަތޮޅު ތައުލީމީ މަރުކަޒާ ވާދަކޮށް ސީދާ 5 މެޗުން މޮޅުވެގެންނެވެ.

މުބާރާތުގައި ވާދަކުރާ ތައުލީމީ މަރުކަޒުގެ 14 އަހަރުން ދަށުގެ ފިރިހެން ޓީމު ސެމީ ފައިނަލުން ޖާގަ ހޯދީ މިރޭ ކުޅުނު މެޗުގައި 4-1 އިން އިމާދުއްދީން ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މާޗު މަހުގެ 18 އިން 25 އަށް ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 17 ސްކޫލަކުން ވާދަކުރެ އެވެ.

•	ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅެނީ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުތައްވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައި / ހަރުޝާ
• ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅެނީ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުތައްވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައި / ހަރުޝާ

މުބާރާތުގެ ސެމީ ފައިނަލު މެޗުތައް މާދަމާ ފަށާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.