ތަޖުރިބާ ދަތުރެއްގައި ބަޔޮސްފިއާ ރިޒާވް އޮފީހުގެ ޓީމެއް އައްޑު އާއި ފުވައްމުލަކަށް

ބަޔޮސްފިއާ ރިޒާވު އޮފީހުގެ ޓީމު އައްޑު އަތޮޅުގައި ހިމާޔަތް ކޮށްފައިވާ އީދިގަލި  ކިޅި ސަރަހައްދުގައި-- ފޮޓޯ / ބަޔޮސްފިއާ ރިޒާވް އޮފީސް
ބަޔޮސްފިއާ ރިޒާވު އޮފީހުގެ ޓީމު އައްޑު އަތޮޅުގައި ހިމާޔަތް ކޮށްފައިވާ އީދިގަލި ކިޅި ސަރަހައްދުގައި– ފޮޓޯ / ބަޔޮސްފިއާ ރިޒާވް އޮފީސް

ޔުނެސްކޯ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވު އޮފީހުގެ ޓީމެއް ތަޖުރިބާ ހިއްސާކުރުމުގެ ދަތުރެއްގައި އައްޑު އަތޮޅަށާއި ފުވައްމުލަކަށް ހިނގައްޖެ އެވެ.

އިއްޔެއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރާ މި ތަޖުރިބާ ދަތުރުގައި ބަޔޮސްފިއާ ރިޒާވު ކޮންޒަވޭޝަން ފަންޑުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝިބާއު އާއި އެ އޮފީހުގެ ބައެއް މުވައްޒަފުންގެ އިތުރުން ބ. އަތޮޅު ކައުންސިލުގެ މެންބަރު ހަަސަން ސިރާޖުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ހިތަދޫ އީދިގަލި ކިޅީގެ ސަރަހައްދެއް، އައްޑޫގައި ހިމާޔަތްކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ އީދިގަލި ކިޅި މިހާރަށް ވުރެ ހަރުދަނާ ގޮތަކަށް ހިމާޔަތްކޮށް އެ ސަރަހައްދަކީ އައްޑޫގެ އިގުސާދަށް ވެސް ފައިދާ ހުރި ތަނަކަށް ހެދުމުގެ ގޮތުން މަޝްރޫއެއް މިހާރުވަނީ ފަށާފައި

ޝިބާއު ވިދަޅުވި ގޮތުގަިއ މި ދަތުރުގެ މައިގަނޑު ބޭނުމަކީ އައްޑު އާއި ފުވައްމުލަކުގައި ހިމާޔަތް ކޮށްފައިހުރި މުހިއްމު ސަރަހައްދުތައް ބަލައި އަޅުގަނޑުމެން ބ. އަތޮޅު ބަޔޮސްފިއާ ރިޒާވުގެ ތަޖުރިބާ އެ ފަރާތްތަކާ ހިއްސާކުރުމެވެ.

މީގެ އިތުރަށް އައްޑޫ އާއި ފުވައްމުލަކުގެ ތާރީހީ އެކި ތަންތަނަށް ޒިޔާރަތްކޮށް އެ ތަންތަނާ ބެހޭ މައުލޫމާތު ހޯދުމާއި ސަގާފީ އެކިއެކި އާދަތައް ހިއްސާކުރުން ވެސް މި ދަތުރުގެ ބޭނުމުގެ ތެރޭގައި ހިމެނެ އެވެ.

ބަޔޮސްފިއާ ރިޒާވު އޮފީހުގެ ޓީމު އައްޑު އަތޮޅުގައި ހިމާޔަތް ކޮށްފައިވާ އީދިގަލި  ކިޅި ސަރަހައްދުގައި-- ފޮޓޯ / ބަޔޮސްފިއާ ރިޒާވް އޮފީސް
ބަޔޮސްފިއާ ރިޒާވު އޮފީހުގެ ޓީމު އައްޑު އަތޮޅުގައި ހިމާޔަތް ކޮށްފައިވާ އީދިގަލި ކިޅި ސަރަހައްދުގައި– ފޮޓޯ / ބަޔޮސްފިއާ ރިޒާވް އޮފީސް

މި ދަތުރުގަިއ ބަޔޮސްފިއާ ރިޒާވް އޮފީހުގެ ޓީމުން މިއަދު އައްޑު ކައުންސިލާ އަދި ސަންގްރިއްލާ ރިސޯޓް ގެ މެނޭޖްމަންޓާވެސް ބައްދަލުކޮށް ތަޖުރިބާ ހިއްސާކުރާގޮތަށް ވަނީ ހަމަޖެފިފައެވެ. މީގެ އިތުރުން މި ދަތުރުގައި ފުވައްމުލަކު އަތޮޅު ކައުންސިލާވެސް ބައްދަލުކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.