ސީއެޗްއެސްއީ ބަލިކޮށް ބ. އަތޮޅު ތައުލީމީ މަރުކަޒު ޗެމްޕިއަންކަން ހޯދައިފި

ޗެމްޕިއަންކަން ލިބުމުން ތައުލީމީ މަރުކަޒުގެ ޓީމުން އުފާފާޅުކުރަނީ--
ޗެމްޕިއަންކަން ލިބުމުން ތައުލީމީ މަރުކަޒުގެ ޓީމުން އުފާފާޅުކުރަނީ–

މައިލޯ އިންޓަ ސްކޫލު ބެޑްމިންޓަން މުބާރާތުގެ 19 އަހަރުންދަށުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމު ހޯދައިފި އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ބ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދީ ދެންމެ ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި ކުޅުނު ފައިނަލުގައި ސީއެޗްއެސްސީ ޓީމުގެ މައްޗަށް ކުރިހޯދައިގެންނެވެ. ތައުލީމީ މަރުކަޒުގެ ޓީމު ވަނީ ސީއެޗްއެސްސީ ޓީމު 3-2 ސެޓުން ބަލިކޮށްފަ އެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ ޓީމު އިވެންޓް ޗެމްޕިއަންކަން ހޯދީ ނ. ހޮޅުދޫ ސްކޫލް އެވެ. އެއީ ފައިނަލުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުއާ ވާދަކޮށް 3-0 އިން މޮޅުވެގެންނެވެ. މުބާރާތުގެ 16 އަހަރުން ދަށުގެ ޓީމު އިވެންޓްގައި ބައިވެރިވި ތައުލީމީ މަރުކަޒުގެ އަންހެން ޓީމު ވަނީ ސެމީ ގައި ކެޔޮދޫ ސްކޫލް އަތުން ބަލިވެފަ އެވެ.

މި މުބާރާތުގައި މާދަމާއިން ފެށިގެން ކުރިއަށްދާނީ އޯޕަން އިވެންޓްތަކުގެ މެޗުތަކެވެ. އޯޕަން އިވެންޓްތަކުގައިވެސް ތައުލީމީ މަރުކަޒުގެ ޓީމުން ވާދަކުރާނެ އެވެ.

ތައުލީމީ މަރުކަޒުގެ ޓީމުން ހޯދި ކާމިޔާބީއަށް “އީޓީ” ން މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ketti

    ސްކޫލް ހުސެން، ފިއްޓެ، އިކްރާމް ތިޔަ ކުރި މަސައްކަތަށް ހަމަ ސާބަސް. މިދިޔަ އަހަރު ދިޔަވެސް ކެރިގެން ކުރި ނަމަ ކާމިޠާބުވީސް. އެކިވަރުވަރުން މުވައްޒަފުން ލާފައި ތިބޭއިރު ނަތީޖާ ރަގަޅުކުރެވެން ޖެހޭނެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.