ތުޅާދޫގައި ހިންގި ލިޔެލާ ޖަހަން ދަސްކޮށްދޭ ކޯހުގެ ބައިވެރިންނަށް ސެޓިފިކެޓު ދީފި

ބ.އަތޮޅު ކޮންޒަވޭޝަން ފަންޑުން ތުޅާދޫ ކައުންސިލާ ގުޅިގެން ލިޔެލާ ޖަހަން ދަސްކޮށްދޭ ކޯހުގެ ތެރެއިން -- ފޮޓޯ: ރާއްޖެއެމްވީ
ބ.އަތޮޅު ކޮންޒަވޭޝަން ފަންޑުން ތުޅާދޫ ކައުންސިލާ ގުޅިގެން ލިޔެލާ ޖަހަން ދަސްކޮށްދޭ ކޯހުގެ ތެރެއިން — ފޮޓޯ: ރާއްޖެއެމްވީ

ބ. އަތޮޅުުގެ ގުދަރަތީ ވަސީލަތްތަކާއި ދިރޭ ތަކެތީގެ ނަސްލު ހިމާޔަތްކުރުމާ ބެހޭ ފަންޑުގެ ހިލޭ އެހީގައި ތުޅާދޫ ކައުންސިލުން އެރަށުގައި ހިންގި ލިޔެލާޖަހަން ދަސްކޮށްދޭ ކޯސް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހިންގި ކޯހުގައި ބައިވެރިވި 30 މީހަކު ސެޓްފިކެޓް ހޯދާފައި ވެ އެވެ. އޭގެ ތެރޭގައި ދެ އަންހެނުންވެސް ހިމެނެ އެވެ.

އިއްޔެ ހެނދުނު ތުޅާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ކޯހުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ބ. އަތޮޅު ކައުންސިލް މެންބަރު އިބްރާހިމް ޝަރީފެވެ.

ތުޅާދޫ ކައުންސިލުން ބުނީ މި ކޯހަކީ ދިވެހިން ސަގާފަތާއި ގުޅިފައިވާ ލިޔެލާ ޖެހުން އުވިގެންދާތީ އެކަން ދިރުވާ އަލާކުރުމަށް ހިންގި ކޯހެއް ކަމަށެެވެ. ރާއްޖޭގައި ލިޔެލާ ޖެހުމަށް މަޝްހޫރު އަދި ހުނަރުވެރި މީހުން ތިބީވެސް ތުޅާދޫގަ އެވެ.

ބ. އަތޮޅުުގެ ގުދަރަތީ ވަސީލަތްތަކާއި ދިރޭ ތަކެތީގެ ނަސްލު ހިމާޔަތްކުރުމާ ބެހޭ ފަންޑުން، މި އަތޮޅުގައި ހަތް މަޝްރޫއެއް ހިންގުމަށް އެއް ލައްކަ ޑޮލަރު ކަނޑައަޅައި، ހިލޭ އެހީ ދިނީ 2014 ވަނަ އަހަރު އެވެ.

އެގޮތުން އެހީ ދިނީ އަތޮޅުގެ ތަރައްގީ އަށް މަޝްރޫއުތައް ހިންގަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ހަތް ފަރާތަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ދަރަވަންދޫ ޑިވެލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީ އާއި ކެންދޫ ސްކޫލާއި ކިހާދޫ ފާމް ފައުންޑޭޝަނާއި މާޅޮހު އަންހެނުންގެ ކޮމެޓީ އާއި ތުޅާދޫ ކައުންސިލްގެ އިތުރުން އޭދަފުށީ ފޭލި ޖަމިއްޔާ އެވެ.

މި ޕްރޮޖެކްގެ ދަށުން ފޭލި ޖަމިއްޔާއިން މިދިޔަ އަހަރުވަނީ ވަނީ 17 ފަރާތަކަށް އައުޓް ބޯޑު އިންޖީނު މަރާމާތުކޮށް ސާވިސްކުރަން ދަސްކޮށްދީފަ އެވެ. އަދި ބ. މާޅޮހު އަންހެނުންގެ ކޮމެޓީން އަށް ކޮންޒަވޭޝަން ފަންޑުން ލިބުނު އެހީން ވަނީ އެރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖް ކުރުުމަށް ގާއިމުކުރި ސެންޓަރަށް އެހީވެދީފަ އެވެ. އަނެއް ތިން ޕްރޮޖެކްޓްވެސް މިއަހަރުތެރޭ ފެށޭނެ ކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން ބުންޏެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނީ ކޮންޒަވޭޝަން ފަންޑުން އެހީ ލިބިގެން ހިންގާ މި ޕްރޮޖެކްޓްތަކުގެ ސަބަބުން މިއަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އިތުރު ބޮޅުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.