ކެންދޫ މަގުތަކުގައި ކޮޕީފަތް ގަސް ނޫން އެހެން ގަސް އިންދުން މަނާކޮށްފި

ބ. ކެންދޫ އަންހެނަކު އެއްޗެހިތަކެއް ގެންދަނީ: އެރަށުގެ މަގުތަކުގައި ކޮޕީ ފަތް ގަސް ނޫން އެހެން ގަސްތައް އިންދުންވަނީ މަނާކޮށްފައި -- ހަވީރުފޮޓޯ/ނަސްރުﷲ ސޯލިހު
ބ. ކެންދޫ އަންހެނަކު އެއްޗެހިތަކެއް ގެންދަނީ: އެރަށުގެ މަގުތަކުގައި ކޮޕީ ފަތް ގަސް ނޫން އެހެން ގަސްތައް އިންދުންވަނީ މަނާކޮށްފައި — ހަވީރުފޮޓޯ/ނަސްރުﷲ ސޯލިހު

ބ. ކެންދޫ މަގުތަކުގައި ކޮޕީފަތް ގަސް ނޫން އެހެން ބާވަތްތަކުގެ ގަސް އިންދުން މަނާކޮށްފި އެވެ.

ބ. ކެންދޫ ކައުންސިލުން ނެރެ ގެޒެޓް ކޮށްފައިވާ “އާއްމު ތަންތަނާ މަގު މައްޗަށް ނެގުމުގެ އުސޫލު” ގައިވާ ގޮތުން ޕޮޓުގައި އިންދާފައިވާ ގަސްތަކުގެ ތެރެއިން ވެސް އެރަށުގެ މަގުތަކުގައި ހަމައެކަނި ބެހެއްޓޭނީ ކޮޕީފަތް ޕޮޓްތައް އެކަންޏެވެ.

“ކޮޕީ ފަތް ގަސް އިންދަން ވާނީ މަގު ފާރުން ފެށިގެން އެއްފޫޓަށްވާ ގޮތަށް އެއް ބަރިއަށެވެ،” ކައުންސިލުން ބުނެފައިވެ އެވެ. އަދި އެކި ބޭނުމަށް މަގުތަކުގައި ގައު އެޅިނަމަވެސް، އެ ގާތައް ވެސް މަދުވެގެން ތިން ދުވަހުގެ ތެރޭގައި ނަގައި ސާފު ކުރަންވާނެ ކަމަށްވެސް ކެންދޫ ކައުންސިލުން ބުނެފައިވެ އެވެ.

“މަގުމަތީގައި ގައު، ވެލި، ދަގަނޑު ޓިނު، އަދި ލަކުޑި، މި ބާވަތުގެ އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެކެވެ،” ކައުންސިލުން ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.