ކިހާދޫގައި ވޮކޭޝަނަލް ޓްރޭނިން ސެންޓަރެއް ގާއިމުކުރަން ކޯސްޓްލައިނާ ހަވާލުކޮށްފި

•	ބ. ކިހާދޫގައި ވޮކޭޝަނަލް ޓްރޭނިން ސެންޓަރެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ—ފޮޓޯ / އެޑިޔުކޭޝަން މިނިސްޓްރީ
• ބ. ކިހާދޫގައި ވޮކޭޝަނަލް ޓްރޭނިން ސެންޓަރެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ—ފޮޓޯ / އެޑިޔުކޭޝަން މިނިސްޓްރީ

ޒުވާނުން ހުނަރުވެރިކުރުވާ ވަޒީފާގެ ބާޒާރަށް ތަމްރީނުކުރުމަށް ބ. ކިހާދޫގައި ވޮކޭޝަނަލް ޓްރޭނިން ސެންޓަރެއް ގާއިމްކޮށް ހިންގުމަށްޓަކައި ކޯސްޓްލައިން ފައުންޑޭޝަނާއި މިއަދު ހަވާލުކޮށްފި އެވެ.

ކޯސްޓްލައިން އާއި އެކު އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކިހާދޫގައި ޓްރޭނިން ސެންޓަރު ގާއިމުކުރުމަށް އެރަށުން 223500 އަކަފޫޓުގެ ބިމެއް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާއިލް އަލީ އެވެ. ކޯސްޓްލައިން ހާޑްވެއާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ހުސައިން މުހައްމަދެވެ.

އެެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އެ ބިމުގައި ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެއް ގާއިމްކޮށް ހިންގުމަށް ކޯސްޓްލައިން ފައުންޑޭޝަނަށް ދޫކޮށްފައިވަނީ 20 އަހަރު ދުވަހަށެވެ. އަދި މިއަދުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ސެންޓަރުގެ މަސައްކަތް ނިމި ކިޔަވައިދިނުމުގެ ހަރާތްތައް ފަށަންޖެހޭނެ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

“މި ސެންޓަރު ގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަފާތު ދާއިރާތަކުން ހުނަރުވެރި ޒުވާނުން އުފެއްދުމުގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ އިރު، މައިގަނޑު ގޮތެއްގައި ހިންގުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ތަމްރީނުތައް،” އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ކިހާދޫގައި ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެއް ގާއިމްކޮށް ހިންގުމަށް ކޯސްޓްލައިން އާ ބިމެއް ހަވާލުކުރީ ވަޒީފާގެ ބާޒާރުގައި ދިވެހި މަސައްކަތްތެރިންގެ ދައުރު ހަނިވެފައިވާތީ ތަފާތު ފަންނުތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކި، ވޮކޭޝަނަލް ޓްރެއިން ސެންޓަރެއް ގާއިމްކޮށް ހިންގުމުގެ ޝައުގުވެރިކަން އެ ކުންފުނިން ފާޅުކުރުމާއި ގުޅިގެން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.