މަދިރި ކޮންޓްރޯލް ކުރަން އޭދަފުއްޓަށް ސްޕްރޭކުރަން ފަށައިފި

ޑެންގީ ހުން ޖައްސާ މަދިރި ނައްތާލުމަށް އޭދަފުއްޓަށް ސްޕްރޭ އަޅަނީ—ފޮޓޯ / ބ. އަތޮޅު ހޮސްޕިޓަލް
ޑެންގީ ހުން ޖައްސާ މަދިރި ނައްތާލުމަށް އޭދަފުއްޓަށް ސްޕްރޭ އަޅަނީ—ފޮޓޯ / ބ. އަތޮޅު ހޮސްޕިޓަލް

މި ދުވަސްވަރު އޭދަފުށިގައި އެކު ޑެންގީ ހުން ފެތުރެމުން ދާތީ، އެ ބަލި ޖައްސާ މަދިރި ކޮންޓްރޯލްކުރަން މުޅި ރަށަށް ސްޕްރޭކުރަން މިއަދު ހަވީރު ފަށައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނިގޮތުގައި މިދުވަސްވަރު އޭދަފުށިން ޑެންގޫޖެހޭ މީހުން އިތުރުވަމުންދާތީ މަދިރި ކޮންޓްރޯލު ކުރުމުގެ ގޮތުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ސްޕްރޭކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ސްޕްރޭ ކުރާ ވަގުތު ތަކުގައި ކާބޯ ތަކެތި ބޭނުން ކުރުމުގެ ކުރިން ރައްކާތެރި ފެނުން ދޮވުމަށްފަހު ނޫނި ބޭނުން ނުކުރުމަށްވެސް އަތޮޅު ކައުންސިލުން އިލްތިމާސް ކުރެއެެވެ.
އޭދަފުށީގައި ޑެންގީ ހުން ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށާއި އެކަމަށް އާންމުން ހާއްސަ ސަމާލުކަމެއް ދިނުމަށް މިދިޔަ މަހު ބ. އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުންވަނީ އިލްތިމާސްކޮށްފަ އެވެ.

ޑެންގީހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:

    • ފެންހަރުލާގޮތަށް ގެއާއި ގޯތިތެރޭގައި ހުންނަ ތަންތަނާއި ތަކެތި ހަފުތާއަކު އެއްފަހަރު ނައްތާލުން ނުވަތަ ފެންހުސްކޮށް ސާފުކުރުން
    • އިރުއޮއްސޭ ވަގުތާއި އިރުއަރާ، ވަގުތު މަދިރިއަށް ނުވަދެވޭ ފަދަ ގޮތަކަށް ދޮރުތައް ބަންދުކޮށްފައި ބެހެއްޓުން
    • ހުންއައިސް ތިން ދުވަހަށްވުރެ އިތުރުވާ ނަމަ ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީތެރިއެއްގެ ލަފަ އާއި އިރުޝާދު ހޯދުން
ޑެންގީ ހުން ޖައްސާ މަދިރި ނައްތާލުމަށް އޭދަފުއްޓަށް ސްޕްރޭ އަޅަނީ—ފޮޓޯ / ބ. އަތޮޅު ހޮސްޕިޓަލް
ޑެންގީ ހުން ޖައްސާ މަދިރި ނައްތާލުމަށް އޭދަފުއްޓަށް ސްޕްރޭ އަޅަނީ—ފޮޓޯ / ބ. އަތޮޅު ހޮސްޕިޓަލް

އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި ޑެންގީހުން އޭދަފުށީގައި އިތުރުވަމުންދަނީ މަދިރި އުފެދޭ ތަންތަން ނައްތާނުލެވި ހުރުމުންނެވެ. އެހެންވެ، މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލައި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ސާފުކޮށް ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ޕަބްލިކް ހެލްތު ޔުނިޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. world

    Rangalhu kuni ukaalumuge nizaaam eh rashuga gaaim kurumunn madhirah ah varah bodu hahleh libeyne. eydhafushi council inn adhiess vany rangalhu kuni ukaalaa nizaam eh gaaim kurumah nukulhedhevifa!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.