މަގުތަކުގައި ކޮޕީފަތްގަސް ނުހެއްދުމަށް އަނެއްކާވެސް ހަނދާން ކޮށްދީފި

ބ. އޭދަފުށި
ބ. ، މަގުތަކުގައި އެކި ބާވަތްތަކުގެ ނުހެއްދުމަށް އަނެއްކާވެސް ވަނީ ހަނދާކޮށްދީފައި – ފައިލް ފޮޓޯއޭދަފުށި

ބ. އޭދަފުށީގެ މަގުތަކުގައި މިހާރަކަށް އައިސް އެކި ބާވަތްތަކުގެ ގަސްތައް އިންދަމުންދާތީ، އެކަން އެގޮތަށް ނުކުރުމަށް އަނެއްކާވެސް ރަށު ކައުންސިލު އިދާރާއިން އިލްތިމާސްކޮށްފި އެވެ.

ކައުންސިލުން އިދާރާއިން ނެރެފައިވާ އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން އަނެއްކާވެސް ރަށުގެ އެކިއެކި މަގުތަކުގައި ކޮޕީފަތް ގަސް އަދި މިނޫންވެސް އެހެނިހެން ވައްތަރުގެ ގަސްތައް އިންދަމުންގެންދާ ކަމަށެވެ.

“މިކަމަކީ މީގެ ކުރިންވެސް މަނާ ކުރެވިފައިވާ ކަމަކަށްވާއިރު، އެކަން އެގޮތަށް ނުކުރުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ.” ކައުންސިލު އިދާރާއިން ބުންޏެވެ.

އޭދަފުށީ ކައުންސިލުން ކުރިން ބުނިގޮތުގައި މިކަން މިގޮތަށް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގެ މަގުތަކާއި ރަށުތެރެ އަމާންތަނަކަށް ހެދުމެވެ.

އޭދަފުށީގެ މަގުތަކުގައި މިގޮތަށް އިންދާފައި ހުންނަ ގަސްގްހާއި ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ދޭތެރެ ދޭތެރެއިން ކައުންސިލުން މަސައްކަތް ކުރެއެވެ. އެކަމަކު އެކަން ހުއްޓިފައެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.