ބަހިއްޔާ ޕްރީ ސްކޫލު ޕާޓީތަކަށް ކުއްޔަށް ދޫކުރަނީ

ބަހިއްޔާ ޕްރީ ސްކޫލު. އެ ތަނުގެ ގޯތިތެރެއާއި ކްލާސްރޫމްތައް ކުޑަކުދިންގެ ޕާޓީތަކަށް ދޫކުރަށް ވަނީ ފަށާފައި. – ފޮޓޯ / އައްޒާމު
ބަހިއްޔާ ޕްރީ ސްކޫލު. އެ ތަނުގެ ގޯތިތެރެއާއި ކްލާސްރޫމްތައް ކުޑަކުދިންގެ ޕާޓީތަކަށް ދޫކުރަށް ވަނީ ފަށާފައި. – ފޮޓޯ / އައްޒާމު

ބަހިއްޔާ ޕްރީ ސްކޫލުގައި ކުޑަކުދިންގެ ޕާޓީތައް ބޭއްވުމަށާއި އަދި އެނޫންވެސް ބޭނުންތަކަށް އޭދަފުށީ ކައުންސިލުން ކުއްޔަށް ދޫކުރަން ފަށައިފި އެވެ.

ބަހިއްޔާ ޕްރީ ސްކޫލުގެ ގޯތިތެރެއާއި ކްލާސްރޫމުތައް، ކުޑަކުދިންގެ ޕާޓީތަކަށް ކުއްޔަށް ދޭން ކައުންސިލުން ފާސްކޮށް، އެ ތަން ދޭނެ އުސޫލުތަކެއްވެސް މިހާރު ވަނީ އެކުލަވާލާ އާއްމުކޮށްފަ އެވެ.

ބަހިއްޔާ ޕްރީ ސްކޫލް ގޯތިތެރެ އަދި ކްލާސްރޫމުތައް ކުއްޔަށް ދޫކުރުމަށް ހެދިފައިވާ އުސޫލުތައް؛

    • ކުއްޔަށް ދޫކުރުމަށް ހުށަހަޅަންޖެހޭނީ ލިޔުމުންނެވެ. އަދި ކުއްޔަށް ދޫކުރެވޭނީ ކަނޑައެޅިފައިވާ އަދަދަށް ދައްކަންޖެހޭ ފައިސާ ކައުންސިލަށް ދެއްކުމުންނެވެ.
    • ހެނދުނު 6:00 ން އިރުއޮއްސި 6 އަށް 500ރ، އަދި އިރުއޮއްސި 6:00 ން ރޭގަނޑު 12:00 އަށް 700ރ
    • ކްލާސްރޫމެއް ކުއްޔަށް ހިފާނަމަ ދޫކުރެވޭނީ 50ރ އަށް އަދި ގޮނޑިއެއް ދޫކުރެވޭނީ 1ރ އަށް
    • ކުއްޔަށްދޫކުރާ ތަކެތި ދޫކުރެވޭނީ ސްކޫލުތެރޭގައި ހިންގާ ހަރަކާތްތަކަށް އަދި ސްކޫލުގައި ހިންގާ ހަރަކާތްތަކަށް ދަތނުވާ ގޮތަށެވެ.
    • ސްކޫލުގެ ފާރުގައި އެއްވެސް އެއްޗެއް ހިއްޕާ ހެދުމަކީ މަނާކަމެވެ. އަދި ގޯތި ތެރޭގައި ބެހެއްޓިފައިވާ ކުޅޭ އެއްޗެހި އެހެންތަނަކަށް ބަދަލުކޮށްގެން ނުވާނެ އެވެ.
    • ގޯތި ތެރޭގައި ބަހައްޓާފައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއްވެއްޖެނަމަ ކުއްޔަށް ހިފާ ފަރާތުންއޭގެ ޒިންމާ ނަގަން ޖެހޭނެ އެވެ.
    • ޕާތީ ނިމުމުން ސްކޫލުތެރެ ސާފުކުރުމަކީ ކުއްޔަށް ހިފާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.
    • ކުރިންް ސްކޫލުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ހިފުމަށްފަހު ދައްކަންޖެހޭ ކުލި ނުދައްކާ އޮވެއްޖެނަމަ، އެ ފަރާތަކަށް ދެވަނަ ފަހަރަށް ކުއްޔަށްދެވޭނީ ނުދައްކާ އޮތް ފައިސާއެއް ދެއްކުމުންވެެ.

ފެބްރުއަރީ 17 ވަނަ ދުވަހުން ފެށިގެން އޭދަފުށީ ކައުންސިލުން އަންނަނީ މި އުސޫލުތަކަށް އަމަލުކޮށް ބަހިއްޔާ ޕްރީ ސްކޫލު ކުއްޔަށް ދޫކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އިމްޔާނު

    ތަނުގެ ބޮޑުމިނަށް ބަލާފަ ތަނުގެ ކުލި މާ ކުޑަ. ތަން ބޮޑުވެފަ ތަނުގެ ފެންވަރަށް ބަލާފަ ކޮންމެ ދަންފަޅިއަކަށް މަދުވެގެން -/1000 ރުފިޔާ ނެގުން ރަގަޅު.
    ކުލާސް ރޫމްަތައް ރަނގަޅީ ގަޑިއަށް ދިނުން. އެގޮތުން ގަޑިއަކަށް 30-50 ރުފިޔާއާއޮ ދެމެދުގެ މިންވަރެއް ނެގުން ރަގަޅުކަމަށް ފެނޭ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.