އޭދަފުށީގައި މީރާގެ ބްރާންޗެއް ހުޅުވައިފި

މީރާގެ ބްރާންޗެއް އޭދަފުށީގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – އީޓީ ފޮޓޯ / ތޯރިގް
މީރާގެ ބްރާންޗެއް އޭދަފުށީގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – އީޓީ ފޮޓޯ / ތޯރިގް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބްރާންޗެއް ބ. އޭދަފުށިގައި މިއަދު ހުޅުވައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން މީރާގެ ކަލެކްޝަން ސެންޓަރެއްގެ ގޮތުގައި ހިންގަމުން އަދި އެތަން ބްރާންޗަކަށް ބަދަލުކޮށް ހުޅުވައިދެއްވީ ހަވީރު މިރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު އަދި ބ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް މަބްރޫކު ނަސީރެވެ.

މި ރަސްމިއްޔާތުގައި ޔަޒީދު ވިދާޅުވި ގޮތުގައި މިއީ އާބާދީ އާއި ޓެކްސް ދައްކާ ފަރާތްތައް ގިނަ ސަރަހައްދުތަކަށް އިސްކަން ދީގެން މީރާގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ކުރުމުގެ މަސައްކަތުގެ ދަށުން ހުޅުވި ބްރާންޗެކެވެ

މީރާގެ ބްރާންޗެއް އޭދަފުށީގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – އީޓީ ފޮޓޯ / ތޯރިގް
މީރާގެ ބްރާންޗެއް އޭދަފުށީގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – އީޓީ ފޮޓޯ / ތޯރިގް

މީރާއިން ބުނިގޮތުގައި އޭދަފުށީގައި ގާއިމުކުރި ބްރާންޗުންވެސް، މީރާގެ މައި އޮފީހުގައި ދޭ ހުރިހާ ހިދުމަތްތައް ވެސް ލިބޭނެ އެވެ. އެގޮތުން ވިޔަފާރިތައް ޓެކުހަށް ރަޖިސްޓްރީ ކުރުމާއި ޖީއެސްޓީ އަދި ބީޕީޓީ ބަޔާން ބަލައިގަތުމާއި ޓެކުހުގެ ފައިސާ އަދި ދައުލަތަށް ދައްކަން ޖެހޭ އިތުރު ފީތައް ބަލައިގަތުން ހިމެނެ އެވެ. އަދި ޓެކުހާ ބެހޭ މައުލޫމާތު އާންމުންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭދަފުށީގައި ހުޅުވި ބްރާންޗާއެކު މީރާގެ ކަލެކްޝަން ސެންޓަރުތަކާއެކު މީރާގެ އޮފީހުގެ އަދަދު މިހާރު ވަނީ ހަތަކަށް އަރައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.