ދިރާގުގެ ކޭބަލް ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމައިފި

ދިރާގުން ހުޅުމާލެ އިން މާލެއަށް އަޅާފައިވާ ސަބްމެެރިން ކޭބަލްގެ ކޮޅު އުސް ފަސްގަނޑު ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: ދިރާގު
ދިރާގުން ހުޅުމާލެ އިން މާލެއަށް އަޅާފައިވާ ސަބްމެެރިން ކޭބަލްގެ ކޮޅު އުސް ފަސްގަނޑު ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: ދިރާގު

ދިރާގުގެ ފިކްސްޑް ނެޓްވޯކް އަޕްގްރޭޑްކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ހިންގި މަޝްރޫއުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.

މުއާސަލާތީ އެންމެ ބޮޑު ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މާލޭގައި އަޅާފައިވާ ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން، ކުރިން ދިރާގު ކަސްޓަމާ ފްރަންޓް އޮފީސް ހިންގަމުން އައި މެދުޒިޔާރަތް މަގު ސައިޓުގައި ހުރި މުހިންމު ޓެކްނިކަލް އިކުއިޕްމަންޓްތައް ވެސް މިހާރު އެހެނިހެން ސަރަހައްދު ތަކަށް ބަދަލުކޮށް ނިމިފައިވާ ކަމަށެވެ.

“މި މަސައްކަތާ ގުޅިގެން، އަޅުގަނޑުމެން ކުރިން ވެސް އަންގާފައިވާނެ ފަދައިން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ހިދުމަތް ލިބުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައި،” ދިރާގުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫއު ކުރިޔަށް ގެންދިޔަ ދުވަސްވަރު ކަސްޓަމަރުންގެ ފަރާތުން ދިން ފުރިހަމަ އެއްބާރުލުމުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ދުވަސްވަރު ހިދުމަތް ލިބުމުގައި ދަތިތަކާ ކުރިމަތިވި ހުރިހާ ކަސްޓަމަރުންގެ މާޗު މަހުގެ ބިލުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ދިރާގުގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.

ދިރާގުގެ ކަސްޓަމާ ސާވިސަސް އެންޑް ސޭލްސް ޑިރެކްޓަރު އަލީ ރިޔާޒާ ހަވާލާދީ އެ ނޫސްބާޔާނުގައި ބުނެފައި ވަނީ އަބަދުވެސް އެންމެ ބޮޑު އަމާޒަކީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

“މިކަން ކުރުމުގައި އަޅުގަނޑުމެން މިދަނީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި އެހެނިހެން ގޮތްގޮތުން ހިދުމަތުގެ ފެންވަރު މަތިކުރުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަމުން. އެގޮތުން މިފަހަރު މި ހިންގުނު ބޮޑު މަޝްރޫއުގެ ސަބަބުން ގިނަ ކަސްޓަމަރުން ތަކަކަށް އޭގެ އަސަރު ކުރިކަމީ އަޅުގަނޑުމެން ހިތާމަކުރާކަމެއް. ނަމަވެސް މިހާރު މި މަސައްކަތް މުޅިން ނިމުމާއިއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަރުވަން ބޭނުންވާ ޔަގީން ކަމަކީ، ކުރިޔަށް ވުރެ ވެސް މާ ފުރިހަމަ ހިދުމަތްތަކެއް އިރާދަކުރެއްވިއްޔާ މިހާރު އަޅުގަނޑުމެންނަށް ފޯރުކޮށްދެވިގެންދާނެކަން،” އޭނާ ވިދާޅުވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.