އޭދަފުށީ ރައްޔިތުން ތިބީ ސަރުކާރާ އެކުގައި: މިނިސްޓަރު ޖިހާދު

މިނިސްޓަރު ޖިހާދު އިއްޔޭ އޭދަފުއްޓަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަަނީ. މިނިސްޓަރު ވިދާޅުވީ އޭދަފުށި ރައްޔިތުން ތިބީ ސަރުކަރާ އެކުކަމަށް.-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
މިނިސްޓަރު ޖިހާދު އިއްޔޭ އޭދަފުއްޓަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަަނީ. މިނިސްޓަރު ވިދާޅުވީ އޭދަފުށި ރައްޔިތުން ތިބީ ސަރުކަރާ އެކުކަމަށް.– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ބ. އޭދަފުއްޓަކީ ނަމޫނާ ރަށެއް ކަމަށާއި މިރަށުގެ ރައްޔިތުންތިބީ މި ސަރުކާރާ އެކު ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

 

މީރާގެ އޭދަފުށީ ބްރާންޗު ހުޅުވުމަށް އިއްޔެ ހަވީރު އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ ރައީސް ޔާމިން ބޭނުންފުޅުވަނީ ރާއްޖޭގައި ލާމަރުކަޒީ ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއްވެސް ލާ މަރުކަޒީ ކޮށްގެން ރައްޔިތުންނަށް ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކަމަށެވެ. އަދި އިއްޔެ އޭދަފުށީގައި ހުޅުވި މިރާގެ އޮފީހަކީ މި މަސައްކަތުގެ ތެރެއަށް އިތުރުވި ބޮޅެއް ކަމަށްވެސް ޖިހާދު ވިދާޅުވި އެވެ.

“މިއީ އަޅުގަނޑު ދަންނަވާނީ ވަރަށް ނަމޫނާ ރަށެކޭ. މިއީ ރައްޔިތުންނާ ސަރުކާރާ ދޭތޭރޭގައި އޮންނަ ގުޅުން ބަދަހިކަން ދައްކުވައިދޭ ރަމުޒެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އެހެންވީމަ މިކަމުން އަޅުގަޑުމެންނަށް މި އެނގެނީ އޭދަފުށީ ރައްޔިތުން ތިބީ ސަރުކާރާ އެކުގައި ކަން. މިކަމަށްޓަކައި ރައީސް ޔާމީންގެ ނަމުގައި ރަށުގެ ހުރިހާ ރައްޔިތުންނަށް ޝުކުރުއަދާކުރަން،”

 

މިނިސްޓަރު ޖިހާދު
މިނިސްޓަރު ޖިހާދު

މީރާގެ އޭދަފުށީ ބްރާންޗް ހުޅުވައިދެއްވީ މިނިސްޓަރު ޖިހާދާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު އަދި ބ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް މަބްރޫކު ނަސީރެވެ.

މި ރަސްމިއްޔާތުގައި ޔަޒީދު ވިދާޅުވި ގޮތުގައި މިއީ އާބާދީ އާއި ޓެކްސް ދައްކާ ފަރާތްތައް ގިނަ ސަރަހައްދުތަކަށް އިސްކަން ދީގެން މީރާގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ކުރުމުގެ މަސައްކަތުގެ ދަށުން ހުޅުވި ބްރާންޗެކެވެ.

 

 

ޔަޒީދު ވިދާޅުވި ޓެކްހުގެ ނިޒާމެއް ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށް ޓެކްސް ދައްކާ ފަރާތްތަކަށް ފާރަވެރިވާންޖެހޭ ކަމަށާއި އެ ފަރާތްތައް ޓެކްސްގެ ގާނޫނާއި ގަވައިދުތަކަށް ބޯލަނބަން ޖެހޭ ކަމަށެވެ. އަދި ގަސްތުގައި ޓެކްހަށް މަކަރުހަދައި، ޓެކްސް ދެއްކުމަށް ދެކޮޅުހަދާ ފަރާތްތައް ހޯދާ އެމީހުނަށް ފިޔަވަޅު އަޅައި ގާނޫނުގެ ކުރިމައްޗަށް މިއަދު ގެންނަން ޖެހޭ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.