ރައީސްގެ ކެމްޕޭނަށް ތައްޔާރުވުމުގެ ގޮތުން އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ މަހާސިންތާ ބ އަތޮޅުގައި

ރައީސް ޔާމީން 2018ގެ ކެމްޕޭނަށް މީހުން ތަމްރީނު ކުރުމަށް މިދިޔަ އަހަރު ބޭއްވި މަހާސިންތާއެއްގެ ތެރެއިން. އަތޮޅުތެރޭގަިއ ބާއްވާ ފުރަތަމަ މަހާސިންތާ ބ. އަތޮޅުގައި ބާއްވަން ވަނީ ނިންމާފައި. -- ހަވީރު ފޮޓޯ
ރައީސް ޔާމީން 2018ގެ ކެމްޕޭނަށް މީހުން ތަމްރީނު ކުރުމަށް މިދިޔަ އަހަރު ބޭއްވި މަހާސިންތާއެއްގެ ތެރެއިން. އަތޮޅުތެރޭގަިއ ބާއްވާ ފުރަތަމަ މަހާސިންތާ ބ. އަތޮޅުގައި ބާއްވަން ވަނީ ނިންމާފައި. — ހަވީރު ފޮޓޯ

ރައީސް އަބްދުﷲ ޔާމީންގެ ދެވަނަ ދައުރުގެ ކެމްޕޭނަށް ލީޑަރުން ތައްޔާރު ކުރުމުގެ ގޮތުން އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ މަހާސިންތާ ބ. އަތޮޅުގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.

މިއަދު ރައީސް ޔާމިން ކެމްޕެއިން އޮފީހުގައި ނޫސްވެރިނަނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން، ކެމްޕެއިނުގެ މަސައްކަތުގައި އިސްކޮށް އުޅުއްވައި އަދި ރައީސް އޮފީހުގެ ތަރިޖަމާން، އިބްރާހިމް މުއާޒް އަލީ (މުއާ) ވިދާޅުވީ އަތޮޅުތެރޭގައި ބާއްވާ އެންމެ ފުރަތަމަ މަހާސިންތާ ފަށާނީ ބ. އަތޮޅުން ކަމަށާއި މި މަހާސިންތާގައި މިއަތޮޅުގެ 13 ރަށް ތިން ސަރަހައްދަކަށް ބަހާލައިގެން  ކުރިޔަށް ގެންދާނެ ކަމަށެވެ.

“މި މަހާސިންތާތަކުގައި ކްލާސް ސެޝަންތަކުގެ ގޮތަށް ކުރިޔަށް ގެންދިޔުމުގެ ބަދަލުގައި އަމަލީ ގޮތުން އެކަމުގައި ބައިވެރިކޮށް ކޮންމެ ގެޔަކަށް ޒިޔާރާތް ކުރުމާއި އަދި ޕީޕީއެމްގެ މެމްބާޝިޕް އިތުރު ކުރުމަށް މަސައްކަތް ކުރެވޭނެ،” މުއާ ވިދާޅުވި އެވެ.

އަދި މިމަހާސިންތާގެ ތެރެއިން ބައިވެރިވާ ލީޑަރުން އަމިއްލައަށް ޑޯޓުޑޯ އަށް ވަޑައިގެން މެމްބާޝިޕް ފޯމް ފުރުމާއި ޕާޓީއަށާއި ނުވަތަ ރައީސް ޔާމިން އަށް ތާއީދު އިތުރު ކުރެވޭނެ ގޮތްތައް ދަސްކުރާނެ ކަމަށްވެސް މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ މިފަހަރުގެ މަހާސިންތާގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ އޭދަފުށީގައި ކަމަށެވެ.

މި މަހު އަށްވަނަ ދުވަހުގެރޭ އޭދަފުށީގައި ބާއްވާ އެ ރަސްމިއްޔާތުގައި އެ އަތޮޅުގެ މަހާސިންތާގައި ބައިވެރިވި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވާނެކަމަށް މުއާޒު ވިދާޅުވިއެވެ.

ބ. އަތޮޅު މަހާސިންތާ ފެށުމަށްޓަކައި ބ. އަތޮޅު ރަށްތަކުގައި މިހާރު ދަނީ ތައްޔާރީތައް ވާން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.