ކިހާދޫ ސްކޫލުގެ ޕީޓީއޭ ޑިނާ ނައިޓް އަންނަ ހުކުރު ދުވަހުގެރޭ

ކިހާދޫ ސްކޫލުގައި މިދިޔަ އަހަރު ބޭއްވި ޑިނާ ނައިޓްގެ ތެރެއިން. މިއަހަރުގެ ޑީނާ ނައިޓް އަންނަ ހުކުރު ދުވަހުގެރޭ ބޭއްވުމަށް ދަނީ ތައްޔާރުވަމުން
ކިހާދޫ ސްކޫލުގައި މިދިޔަ އަހަރު ބޭއްވި ޑިނާ ނައިޓްގެ ތެރެއިން. މިއަހަރުގެ ޑީނާ ނައިޓް އަންނަ ހުކުރު ދުވަހުގެރޭ ބޭއްވުމަށް ދަނީ ތައްޔާރުވަމުން

ކިހާދޫ ސްކޫލުގެ ޕީޓީއޭ އިން ކޮންމެ އަހަރަކުވެސް ކާމިޔާބު ކަމާއެކު ބާއްވަމުން އަންނަ ޑިނަ ނައިޓް އަންނަ ހުކުރު ދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

2010 ވަނަ އަހަރުން ފެށިގެން “ދިވެހި ސުފުރާ” ގެ ނަމުގައި ބާއްވަމުން އަންނަ މި ޑިނާ ނައިޓަކީ އެ ސްކޫލުގެ ޕީޓީއޭގެ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އެ ޖަމިއްޔާއިން އިސްނަގައިގެން ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެކެވެ.

ބ. އަތޮޅުގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ދިވެހި ރަހަތާކާއެކު ބާއްވަމުން އަންނަ މި ބޮޑު ޖާފަތަކީ، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ވަރަށްބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ހަރަކާތެކެވެ.

ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން، ކިހާދޫގެ އާންމު ރައްޔިތުންނާއި ސްކޫލުކުދިން އަދި އަތޮޅުތެރޭގެ ރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ އަހަރަކުވެސް މި ޑިނާ ނައިޓަށް ޒިޔާރަތް ކުރެ އެވެ.

ކިހާދޫ ރައްޔިތުން ގުޅިގެން، އަތޮޅު ތެރޭގެ ބައެއް ރިސޯޓުތަކުގެ އެހީއާއި އެކު، އެތައްދުވަހެއްގެ ބުރަމަސައްކަތުން ބާއްވަމުން އަންނަ މި ހަރަކާތުގެ ސަބަބުން ކޮންމެ އަހަރަކުވެސް ބޮޑު އާމްދަނީއެއް އެ ސްކޫލުގެ ޕީ.ޓީ.އޭ އަށް ލިބެ އެވެ.

ޑިނާ ނައިޓުގެ ޓިކެޓެއް ވިއްކަނީ 150ރ. އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.