ދަރަވަންދޫ ސްކޫލުގެ ދަރިވަރުން ފާހަގަކުރި މަސައްކަތު ދުވަހުން ލައްކައަށްވުރެ ގިނަ ރުފިޔާ

ބ. އަތޮޅު މަދަރުސާ
ބ. އަތޮޅު މަދަރުސާ

ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާގައި މިދިޔަ ހޮނިހިރު ދުވަހު ދަރިވަރުން ފާހަގަކުރި މަސައްކަތު ދުވަހުން އެއް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

ބ. އަތޮޅު މަދަރުސާގެ “ހެދޭކުރި” ޖަމިއްޔާއިން ހުރިހާ ދަރިވަރުން ބައިވެރިކޮށްގެން ކްލާސް ތަކުގެ މެދުގައި ކުރިއަށް ގެންދިޔަ މަސައްކަތު ދުވަހުން މި ފައިސާ ހޯދާފައިވަނީ 4 ގަޑިއިރު މަސައްކަތުންނެވެ. އެގޮތުން ޖުމްލަ 109130.56 ރުފިޔާ ހޯދާފައިވެ އެވެ.

ވަނަތަކަށް ހޮވުނު ކްލާސްތައް

    1 ވަނަ ގްރޫޕް – ގްރޭޑް 10
    2 ވަނަ ގްރޫޕް – ގްރޭޑް 3
    3 ވަނަ ގްރޫޕް – ގްރޭޑް 1
    އެންމެގިނަ ފައިސާ ހޯދި ގްރޭޑް: ގްރޭޑް 3

މި މަސައްކަތު ދުވަހުގައި ދަރިވަރުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވީ ދަރަވަންދޫ ފެމެލީ ސްޓާރ ގެ ފަރާތުންންނެވެ. އެ ފިހާރައިން ވަނީ ދަރިވަރުންނަށް އެހީއެއްގެ ގޮތުގައި 11540 ރ، ހަދިޔާކޮށްފަ އެވެ.

އެ ސްކޫލުން ބުނީ މަސައްކަތު ދުވަސް ފާހަގަކޮށްގެން ލިބުނު ފައިސާ ހަރަދު ކުރާނީ ފިލްޓަރ ކޮށްގެން ސާފު ރައްކާތެރި ބޯފެން ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް ކަމަށެވެ. އަދި ދަރިވަރުންގެ ކުރިއެރުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ތަރައްގީ ކުރުމަށް ހިންގާ ތަފާތު ހަރަކާތްތަކަށްވެސް ފައިސާ ހަރަދުކުރެވޭނެ ކަމަށް ސްކޫލުން ބުންޏެވެ.

ބ. އަތޮޅު މަދަރުސާއިން ބުނީ އެ ސްކޫލުން ފާހަގަކުރި މަސައްކަތު ދުވަހަށް ދަރަވަންދޫ ރައްޔިތުންނާއި ވިޔަފާރިވެރިން އަދި ބެލެނިވެރިންނާއި ސްކޫލުގެ ޓީޗަރުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ބ. އަތޮޅު މަދަރުސާގެ “ހެދޭކުރި” ޖަމިއްޔާއިން ވަނީ އެ ސްކޫލުގެ 37 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ ފެބްރުއަރީ މަހުތެރޭ ފަންޑް ރައިސް ކުރުމުގެ ގޮތުން ޓިކެޓް ވިއްކައިގެން ޓެލެންޓް ޝޯ އެއްވެސް ބާއްވަފައިފަ އެވެ. އެ ހަރަކާތުން 15000 ރުފިޔާ ހޯދާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.