ބ. އޭދަފުށީ އަލިވާގޭ ޒަކަރިއްޔާ ހުސައިން ނިޔާވެއްޖެ އެވެ.
ޒަކަރިއްޔާ ނިޔާވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު، މިއަދު ފަތިހު އޭދަފުށީގަ އެވެ.
ޒަކަރިއްޔާ ހުސައިން އަކީ ރަށުގެ ރައްޔިތުންނާ ވަރަށް އެކުވެރިކޮށް ދިރިއުޅުއްވި އަދި ރައްޔިތުން ހިއްސާވާ ތަރައްގީގެ މަސައްކަތް ތަކުގައިވެސް އަމަލީގޮތުން އުޅުއްވި ބޭފުޅެކެވެ.
މައްޔިތާގެ މައްޗަށް ކަށު ނަމާދުކުރުން އޮތީ މެންދުރު ނަމާދަށް ފަހު އޭދަފުށީ މަސްޖިދުލް އައްސުލްޠާން މުހައްމަދު މުއީނުއްދީން [ބޮޑު މިސްކިތް] ގަ އެވެ.
މައްޔިތާގެ ފުރާނަ އަށް މާތް ﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާކުރާ ހާލު، އެ މައްޔިތާގެ އާއިލާގެ މީހުންނަށް ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރަމެވެ. އަދި އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން ތައުޒިޔާ ރައްދުކުރަމެވެ.
އިންނާ ލިއްލާހި، ވައިންނާ އިލައިހި ރާޖިޢޫން.
nubai koh nan liyefa