ބ. އަތޮޅު މަދަރުސާގެ ކްލާސްތަކުގެ މެދުގައި ގުރްއާން މުބާރާތެއް ބާއްވައިފި

ބ. އަތޮޅު މަދަރުސާގައި ބޭއްވި ޤުރުއާން މުބާރާތުގައި ވަނަތައް ހާސިލުކުރި ބައެއް ދަރިވަރުން | ފޮޓޯ / ބ. އަތޮޅު މަދަރުސާ
ބ. އަތޮޅު މަދަރުސާގައި ބޭއްވި ޤުރުއާން މުބާރާތުގައި ވަނަތައް ހާސިލުކުރި ބައެއް ދަރިވަރުން | ފޮޓޯ / ބ. އަތޮޅު މަދަރުސާ

ބ. އަތޮޅު މަދަރުސާގެ “ހެދޭކުރި” ޖަމިއްޔާގެ އިސްލާމް ފޯރަމުން އިންތިޒާމުކޮށްގެން އެ ސްކޫލުގެ ކްލާސްތަކުގެ މެދުގައި އިންޓަ ކްލާސް ޤުރުއާން މުބާރާތެއް ބާއްވައިފި އެވެ.

ބ. ދަރަވަންދޫގައި ހުންނަ މިއަތޮޅު މަދަރުސާގައި މިމަހުގެ 21-23 ގެ ނިޔަލަށް ބޭއްވި މި މުބާރާތުގައި އެ ސްކޫލުގެ ހުރިހާ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

މި މުބާރާތުގެ ގްރޭޑް 1،2 އަދި 3 ގެ ބައިން އެއްވަނަ ހޯދީ ދާނިޝް މުހައްމަދު ފަތުހީ އެވެ. މި ބައިން އެއްވަނަ ކްލާހަކަށް ހޮވުނީ ގްރޭޑް 3 އެވެ.

ބ. އަތޮޅު މަދަރުސާގައި ބޭއްވި ޤުރުއާން މުބާރާތުގައި ވަނަތައް ހާސިލުކުރި ބައެއް ދަރިވަރުން | ފޮޓޯ / ބ. އަތޮޅު މަދަރުސާ
ބ. އަތޮޅު މަދަރުސާގައި ބޭއްވި ޤުރުއާން މުބާރާތުގައި ވަނަތައް ހާސިލުކުރި ބައެއް ދަރިވަރުން | ފޮޓޯ / ބ. އަތޮޅު މަދަރުސާ

ގްރޭޑް 4، 5 އަދި 6 ގެ ބައިން އެއްވަނަ ލިބުނީ އަހްމަދު ޔައީޝް ޝަހީމު އާއި ހުސައިން ނާޝިއު އަށެވެ. މި ބައިން އެއްވަނަ ކްލާހަކަށް ހޮވުނީ ގްރޭޑް 5 އެވެ.

ގްރޭޑް 7 ން މަތީގެ ބައިން އެއް ވަނަ ހޯދީ އަހްމަދު ޒިޔާން އެވެ. މި ބައިން އެއްވަނަ ކްލާހަކަށް ހޮވުނީ ގްރޭޑް 9 އޭ އެވެ.

806b7d60664d74333a17f5595a53b2970829a9201472bc6edb37cc8a11ea2adc_full

މުބާރާތުގައި ކޮންމެ ކެޓަގަރީއަކުންވެސް އެއްވަނައިގެ އިތުރުން ދެވަނަ އަދި ތިންވަނަވެސް ހޮވާފައިވެ އެވެ.

ބ. އަތޮޅު މަދަރުސާއިން ބުނިގޮތުގައި މި މުބާރާތަކީ އަންނަ މަހު އެ ސްކޫލުގައި ބާއްވާ އިންޓަރ ހައުސް ގުރުއާން މުބާރާތަށް ދަރިވަރުން ހޮވުމަށް ބޭއްވި އޮޑިޝަން މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.