ދުނިޔޭގެ އެއްވަނަ ބޮކްސިން ކުޅުންތެރިޔާ ބ. އަތޮޅުގައި

މޭވެދާ ލަނޑާގިރާވަރުގައި. ފޮޓޯ : މޭވެދާ އިންސްޓަގްރާމް.
މޭވެދާ ލަނޑާގިރާވަރުގައި. ފޮޓޯ : މޭވެދާ އިންސްޓަގްރާމް.

ރިޓަޔާ ކޮށްފައިވާ ދުނިޔޭގެ އެއް ނަމްބަރު ބޮކްސިން ކުޅުންތެރިއާ ފުލޯއިޑް ބ. އަތޮޅު ލަނޑާ ގިރާވަރު ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

މީޑިއާ ތަކުގަައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ފުލޯއިޑް މޭވެދާ ފޯސީޒަން ރިސޯޓްގެ އަމިއްލަ ޕްރައިވެޓް ބީޗަކާއެކު އޭނާ ރެއަކަށް 20،000 އެމެރިކާ ޑޮލަރު ހަރަދުކުރަމުންދެ އެވެ.

“އުދުހެމުން މި ދަނީ އެއާ-މޭވެދާގައި. ލަގޭޖްތަކާއި އިތުރު ވިޔަފާރިތަކަށް އަހަރެންވާނީ އިތުރު ޕްރައިވެޓް ޖެޓެއް ޗާޓާ ކޮށްފަ. އަހަރެމެން ނިއުޔޯކުން ޕެރިހުން ދުބާއީ އަށް ގޮސް މިހާރު މިދަނީ ރީތި ދިވެހިރާއްޖެ އަށް،” މޭވެދާގެ އިންސްޓަގްރަމްގައި ބުނެފައިވެ އެވެ.

މޭވެދާ ލަނޑާގިރާވަރުގައި. ފޮޓޯ : މޭވެދާ އިންސްޓަގްރާމް.
މޭވެދާ ލަނޑާގިރާވަރުގައި. ފޮޓޯ : މޭވެދާ އިންސްޓަގްރާމް.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ޗުއްޓީ ހޭދަކޮށްލަން ފުލޯއިޑް ރާއްޖެ އައިސްފައި ވަނީ ނިއު ޔޯކާއި ޕެރިހަށާއި ދުބާއީ އަށް ދިއުމަށްފަހު އެވެ. އަދި އޭނާއާއެކު 20 މީހުން ރާއްޖެ އައިސްފައި ވަނީ އޭނާގެ އަމިއްލަ ޖެޓް، އެއާ-މޭވެދާގަ އެވެ.

“އަހަރެން މަޑުކުރަމުން މިދަނީ އަމިއްލަ ޕްރައިވެޓް ބީޗަކަށް ހޭލެވޭ ތިން ބެޑްރޫމް ހިމެނޭ ލަޑާ އެސްޓޭޓުގައި،” މޭވެދާގެ އިންސްޓްގުރަމްގައި ބުނެފައިވެ އެވެ.

ފޯސީޒަންގެ ވެބްސައިޓުގައި ބުނާ ގޮތުން، މޭވެދާ ޗުއްޓީ ހޭދަކުރަމުންދާ ލަނޑާ އެސްޓޭޓަކީ އެ ރިސޯޓުގެ ހާއްސަ ސުއިޓެކެވެ. ބޮޑު މިނުގައި 8611 ސްކުއޭ ފޫޓު ހުންނަ އެ ތަނުގައި 262 ފޫޓުގެ ދިގު ޕްރައިވެޓް ބީޗެއް ވެސް އޮވެއެވެ.

2848145D00000578-3553508-image-a-22_1461319085680

ރާއްޖެ އައުމުގެ ކުރިން މީގެ އެއް ހަފްތާ ކުދިން މޭވެދާ ވަނީ އޭނާގެ އަންހެން ދަރިފުޅާއެކު ޕެރިހުގައި ހުންނަ އައިފަލް ޓަވަރު ކައިރީގައި ފޮޓޯއެއް ނަގައި، އިންސްޓަގްރަމުގައި ޝާއިއުކޮށްފަ އެވެ.

މިހާތަނަށް 49 މެޗު ކުޅެ އެއްވެސް މެޗަކުން ބަލިވެފައިނުވާ މޭވެދާއަށް މިދިޔަ އަހަރު ވަނީ 300 މިލިއަން އެމެރިކާ ޑޮލަރު ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.