ދަރަވަންދޫގައި ބަށި ބޯޅަ ކޯޗިން ކޭމްޕެއް ބާއްވައިފި

ޒަމާނީ ބަށި ތައާރަފު ކުރުމުގެ ގޮތުން ދަރަވަންދޫގަިއ ބޭއްވި ކޯޗިން ކޭމްޕގެ ތެރެއިން -- ފޮޓޯ / ޒަމާނީ ބަށީ އެސޯސިއޭޝަން
ޒަމާނީ ބަށި ތައާރަފު ކުރުމުގެ ގޮތުން ދަރަވަންދޫގަިއ ބޭއްވި ކޯޗިން ކޭމްޕގެ ތެރެއިން — ފޮޓޯ / ޒަމާނީ ބަށީ އެސޯސިއޭޝަން

ޒަމާނީ ބަށި އެސޯސިއޭޝަން އާއި ބ. ދަރަވަންދޫ ކައުންސިލު ގުޅިގެން އެރަށުގައި ބަށި ބޯޅަ ކޯޗިން ކޭމްޕެއް ބާއްވައިފި އެވެ.

ނިމިދިޔަ ހަފްތާ ބަނދުތެރޭ ބޭއްވި މި ވޯކްޝޮޕުގައި 34 މީހަކު ބައިވެރިވެ ސެޓްފިކެޓް ހާސިލްކުރި އެވެ.

ޒަމާނީ ބަށީ އެސޯސިއޭޝަނުން ބުނި ގޮތުގައި މި ކޯޗިން ކޭމްޕުގެ މަގުސަދަކީ ޒަމާނާއި އެއްގޮތަށް ހެދިފައިވާ ބަށިބޯޅަ ކުޅުމުގެ ޤަވާއިދުތަކަށް ކުޅުންތެރިން އަހުލުވެރިކޮށް، ކުޅުންތެރިންގެ އިތުރުން ރެފްރީންނާއި ކޯޗުންވެސް މީގެތެރެއިން އުފެއްދުމާއި ދަރަވަންދޫ އަށް ޒަމާނީ ބަށި ތައާރަފު ކުރުމެވެ.

“މިއީ މީގެ 18 އަހަރު ކުރިން ވަރަށް ފޯރިއާއެކު ބަށި ކުޅެފައިވާ ރަށެއް. ނަމަވެސް މިހާރު މުޅިން ބަށި ކުޅުން ހުއްޓިފައި އޮތް ރަށެއް ނަމަވެސް މިއެޅި ބިންގަލުން އިރާދަ ކުރެއްވިއްޔާ ދެން ދަރަވަންދޫ ދާނީ ކުރިއަށް،” ޒަމާނީ ބަށި އެސޯސިއޭޝަނުން ބުންޏެވެ.

ޒަމާނީ ބަށި ތައާރަފު ކުރުމުގެ ގޮތުން ދަރަވަންދޫގަިއ ބޭއްވި ކޯޗިން ކޭމްޕގެ ތެރެއިން -- ފޮޓޯ / ޒަމާނީ ބަށީ އެސޯސިއޭޝަން
ޒަމާނީ ބަށި ތައާރަފު ކުރުމުގެ ގޮތުން ދަރަވަންދޫގަިއ ބޭއްވި ކޯޗިން ކޭމްޕގެ ތެރެއިން — ފޮޓޯ / ޒަމާނީ ބަށީ އެސޯސިއޭޝަން

ދަރަވަންދޫ ކައުންސިލުން ބުނީ މި ކޭމްޕް ބޭއްވިފައި މިވަނީ ދަރަވަންދޫގެ ޒުވާން އަންހެން ކުދިންނަށް ޒަމާނީ ބަށި ވަރަށް ބޮޑަށް ދަސްކުރަން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

މި ވޯކްޝޮޕުގައި ކިޔަވައި ދެއްވީ ޒަމާނީ ބަށިބޯޅަ އެސޯސިއޭޝަންގެ އިންސްޓްރަކްޓަރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.