ކަމަދޫން ކާށި ހޮވުމުގެ އުސޫލުތަކެއް ފާސްކޮށްފި

ބ.ކަމަދޫ
ބ.ކަމަދޫ

.ބ. ކަމަދޫ ވަލުތެރެއިންނާއި އާއްމު ސަރަހައްދު ތަކުގައި ހުރި ރުއްތަކުން ވެއްޓޭ ކާށި ހޮވުމުގައި އަމަލުކުރާނެ އުސޫލެއް އެރަށު ކައުންސިލުން އެކުލަވާލައިފި އެވެ

.ކަމަދޫ ކައުންސިލުން ބުނި ގޮތުގައި މި އުސޫލު އެކުލަވާލާފައިވަނީ އެރަށުގެ ބައެއް ފަރާތްތަކުން އެމީހެއްގެ އަމިއްލަ ރުއް ނޫން އެހެން ރުއްތަކުން ކާށި ހޮވަމުން ގެންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ

އެ އުސޫލުގައިވާ ގޮތުން އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ރުއް ދޮށަށް ވެއްޓޭ ކާށި ފިޔަވައި އެހެން މީހުންގެ ރުއްތަކުން ވެއްޓޭ ކާށި ހޮވުމަކީ މަނާ ކަމެކެވެ. އަދި ރުކުން ވެއްޓޭ ކާށި ހޮވުމުގެ މަސައްކަތް ކުރަންވާނީ ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހާއި ހޮނިހިރު ދުވަހު ހެނދުނު 9:00 އިން 12:00 އާ ދެމެދު އެވެ. އެ ނޫން ގަޑި ތަކުގައި ކާށީ ހޮވާފައި ރުއްދޮށަށް ނުވަތަ އެ އެހެން ސަރަހައްދުތަކަށް ޖަމާކުރުމަކީވެސް މަނާ ކަމެކެވެ.

.މީގެ އިތުރުން އެއްވެސް ފަރާތަކުން އެމީހެއްގެ މައިން ބަފައިންގެ ނުވަތަ އާއިލާ މީހުންގެ ރުއްތަކުން ކާށި ހޮވަންވާނީ އެރުއްތަކުގެ ވެރިފަރާތުގެ ހުއްދަ ލިބިގެންނެވެ. އަދި އެ ހުއްދަ އެގޮތަށް ދެވިފައިވާކަން ރުކުގެ ވެރި ފަރާތުން ކަމަދޫ ކައުންސިލަށް ލިޔުމަކުން ހުށަހަޅަން ޖެހެއެވެ

.އެ އުސޫލުގައިވާ ގޮތުން އެއްވެސް ހާލެއްގައި ބިދޭސީން ކާށި ހޮވުމަކީ މަނާ ކަމެކެވެ. އަދި އެއްވެސް ފަރާތަކުން ވަލު ތެރޭގައި ކާށި އެހުމަކީވެސް މަނާކަމެވެ

.މި އުސޫލުތަކާ ޚިލާފުވާ ފަރާތްތައް އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލައި 500ރ އާއި 5000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ކަމަދޫ ކައުންސިލުން ބުންޏެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.