ހިތާދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމަށް ޓެންޑަ ޑޮކިއުމެންޓް ތައްޔާރު ކުރަނީ

ބ. ހިތާދޫ ބަނދަރު ފައިލްފޮޓޯ- ހިތާދޫ އޮންލައިން
ބ. ހިތާދޫ ބަނދަރު ފައިލްފޮޓޯ- ހިތާދޫ އޮންލައިން

ހިތާދޫ ފެނުމުގެ ނިޒާމު ގާއިމުކުރުމަށް ޓެންޑަ ޑޮކިއުމެންޓުތައް ތައްޔާރު ކުރުމުންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ހިތާދޫގައި ހިތާދޫގެ ފެނުގެ ނިޒާމްގެ ފަރުމާގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރެވިފައިވާ ކަމަށާއި، ޑިޒައިން ކުރުމަށް ބޭނުންވާ ސާވޭތައް ފުރިހަމަކޮށް ޕްރިލިމިނަރީ ޑިޒައިންގ ނިންމައި ޑީޓެއިލް ޑިޒައިންގ އަދި ޓެންޑަ ޑޮކިއުމަންޓްގެ މަސައްކަތް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

މި މަސައްކަތް ނިމުމުން ހިތާދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
ހިތާދޫގައި ރައްކާތެރި ފެނުގެ ނިޒާމް ގާއިމްކުރުމަށްޓަކައި މިއަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފަ އެވެ.

ހިތާދުއަކީ 1994 ން ފެށިގެން ފެންތަޣައްޔަރުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ.

ހިތާދޫގެ ވަޅުތަކުގެ ފެން ހުންނަނީ އެހެން ވަޅުތަކުގެ ފެނުގެ ކުލަޔާއި ޚިލާފަށް ހުދު ނުވަތަ ރީނދޫ ޒާތެއްގެ ކުލައިގައެވެ. އެއާއެކު ފެނުގައި ވަރަށް ނުބައި ވަހެއް ދުވައެވެ. މިވަސް ކެނޑުވުމަށް ގިނަ ގެތަކުގައި އޮކްސިޖަން ޕަންޕު ބޭނުންކުރި ނަމަވެސް ފެނުގެ މިކަމަށް ހައްލެއް ނާދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.