ބ. ކެންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް ފަށަން ތައްޔާރު ވެއްޖެ އެވެ.
ކެންދޫ ކައުންސިލުން ބުނިގޮތުގައި އަންނަ މަހު 15 ގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ދެ ދުވަހު އަނަންތަރާ ކިހަވައް ވިލާސް ރިސޯޓްގަ އެވެ.
“ރިސޯޓްގައި ކޯސް ހިންގާތީވެ ލިބިފައިވަނީ ވަރަށްމަދު ފުރުސަތެއް ކަމުގައި ދަންނަވަމެވެ. އަދި ކުދިން ހޮވުމުގައި އިނގިރޭސި ބަސް ދަންނަ ކުދިންނަށް އިސްކަންދެވޭނެ ވާހަކަ ދަންނަވަމެވެ.” ކެންދޫ ކައުންސިލުން ބުންނެވެ.
އެ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތުން ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މޭ 7 ގެ ކުރިން ކޯހުގައި ބައިވެރިވުމަށްއެދޭ ފޯމު ފުރިހަމަ ކުރަންޖެހެ އެވެ. ކޯހުގައި ބައިވެރިވުމަށްއެދޭ ފޯމް ކެންދޫ ކައުންސިލުން ލިބެން ހުންނާނެ އެވެ.