މަރާމާތަށްފަހު ނިޔާމަ ބޯޓު ބޭލިތަނުން އަޑިއަށް

ނިޔާމަ ބޯޑު ފަޅުތެރޭގައި އަޑިއަށްދަނީ -- އީޓީ ފޮޓޯ / ރައިފް ޔޫސުފް
ނިޔާމަ ބޯޑު ފަޅުތެރޭގައި އަޑިއަށްދަނީ — އީޓީ ފޮޓޯ / ރައިފް ޔޫސުފް

ބ. ތުޅާދޫ ފަޅުތެރޭގަ އޮއްވާ މިދިޔަ އަހަރު ފަހުކޮޅު ރޯވެ ބޮޑުބައެއް އަނދައި ހުލުވި، އޭދަފުށީ “ނިޔާމަ” ބޯޓު މަރާމާތަށްފަހު ބާލައި އުތުރު ފަރާތު ފަޅުތެރެއަށް ވައްދަން އުޅުމުގެ ތެރޭގައި ދިޔަވެ ނެރުމައްޗަށް އަޑިއަށް ހިގައްޖެ އެވެ.

މަރާމާތަށްފަހު މިއަދު ހަވީރު އެ ބޯޓް ބޭލި އިރު ބޯޓަށްވަނީ ބޮޑެތި ބަދަލުތަކެއްވެސް ގެނެސްފަ އެވެ. ބޯޓް ބޭލި އިރު އިންޖީނެއް ނެތެވެ.

ފުލުހުންނާއި އާއްމުން ގުޅިގެން ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
DSC_0318

“ނިޔާމަ” ބޯޓުގައި ރޯވީ މިދިޔަ ޑިސެމްބަރުމަހުގެ 25ވަނަ ދުވަހުގެރޭ ދަންވަރު 2:30 ވާން އުޅެނިކޮށް ތުޅާދޫ ބަނދަރުގައި އޮއްވަ އެވެ. ނައީމް ތުހުމަތު ކުރަނީ ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އޭރު އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ތިން މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ނައީމް ކުރިންވަނީ ބުނެފަ އެވެ.

މިއަދު ބޯޓު ބޭލިއިރު އޭގެ 90 ޕަސެންޓް މަސައްކަތް އެއްކޮށްވަނީ ގާތްގަޑަކަށް ނިމިފަ އެވެ. އަދި އަންނަ މަހުތެރޭ ދަތުރުތައް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

ދުއްވާތާ ހަތް އަހަރު ވެފައިވާ 80 ފޫޓުގެ މި ބޯޓް މީގެ ކުރިންވެސް އެކި ފަހަރުމަތިން ފަރަށް އަރައި ގެއްލުންތައް ވުމުގެ ސަބަބުން ބޮޑެތި މަރާމާތުތަކެއް ކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.