ފެހެންދޫ ސްކޫލުގެ ކުދިންގެ ފެރީ ދަތުރުތައް އެޑިއުކޭޝަނުން ފަށައިފި

l_146661830252ETKZ
ސްކޫލެއް ނެތް ބ. ފެހެންދޫގައި ކިޔަވާ 13 ކުދިން ބ.ގޮއިދޫ ސްކޫލަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ފެރީ ދަތުރުތައް ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީންވެސް މި ދަތުރުތައް ހަމަޖައްސާފައިވަނީ ކުޑަ ޑިންގީ އެއްގަ އެވެ․

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފެހެންދޫ ކައުންސިލުން ހިންގަމުންދިޔަ ޑިންގީ ދަތުރުތައް ހުއްޓާލީ ގެއްލުންވާތީ އާއި އެއީ ކިޔަވާ ކުދިންނަށް ރައްކާތެރި ގޮތެއް ނޫން ކަމަށް ބުނެ އެވެ.

ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް މިއަދު ސަން އަށް ވިދާޅުވި ގޮތުގައި އެ ދަތުރުތައް އެޑިއުކޭޝަން އިން މިއަދު ހަމަޖެއްސިއިރު އެކަންކުރަނީ އެކުދިންނަށް ދޭ 1000 ރުފިޔާގެ އެލަވަންސްގެ ތެރެއިން ކަމަށެވެ․

ނިޒާމު ވިދާޅުވި ގޮތުގައި ކުދިން ސުކޫލަށް އައުމާއި އިންޓަވަލް ގަޑީގައި ބެލެނިވެރިން އައުމުގެ އިތުރުން ސްކޫލް ނިމިގެން ކުދިން ފެހެންދު އަށް ގެންދިއުމުގެ ހިދުމަތް އެޑިންގީ ލިބޭނެ އެވެ․

މިފަހަރު ވެސް ބޭނުންކުރަނީ ހިޔާކޮށްފައިވާ ޑިންގީއެއް ނޫނެވެ. ނިޒާމް ބުނީ ފެހެންދޫ އާއި ގޮއިދޫއާއި ދޭތެރޭ ދުއްވުމަށް ހިޔާކޮށްފައިވާ އުޅަނދެއް ނެތް ކަމަށެވެ.

“ކުރީގެ ޑިންގީ އަށް ވުރެ އުސްވާނެ، ކުރީގައި ދުއްވީ 30 ހޯސްޕަރުގެ ޑިންގީއެއް މިފަހަރު މިއީ 60 ހޯސްޕަވަރުގެ ޑިންގީއެއް އެހެންވީމަ ދަތުރު ވެސް އަވަސްވާންޖެހޭނެ،” ނިޒާމް ސަން އަށް ވިދާޅުވި އެވެ.

މީގެ އަށް އަހަރު ކުރިން 2008 ވަނަ އަހަރު ފެހެންދޫ ސްކޫލުގެ ކިޔެވުން ވަނީ ހުއްޓާލައިފަ އެވެ. އޭރު އެ ސްކޫލުގައި ކިޔަވަމުންދިޔައީ ހަ ކުދިންނެވެ. އެހެންކަމުން ސަރުކާރުން ހަމަޖެއްސީ އެ ސްކޫލު ބަންދުކޮށް ބ. އަތޮޅުގައި ތައުލީމް ހާސިލްކުރާ އެރަށުގެ ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ އެލަވެންސެއް ދިނުމަށެވެ. ބައެއް ކުދިން އެހެން ރަށްރަށަށް ކިޔަވަން ދިޔަ އިރު ރަށުގައި ކިޔަވަން މަޑުކުރި ކުދިން އިހުތިޔާރުކުރީ ޑިންގީއެއްގައި ގޮއިދޫއަށް ދިއުމަށެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. ޙަޤީޤަތަކީ މިއީ

    ފެހެންދޫ ސްކޫލް ކުދިން ގެ ތެރެއިން ގޮއިދޫސްކޫލަށް އެޑިއުކޭޝަނުން ފޮނުވަނީ މަހަކު 1000ރުފިޔާ ދެވޭ 6 ކުދިން. ބާކީ 7 ކުދިން ތިބީ ސްކޫލަށް ދެވޭނެ ގޮތެއް ނެތިފައި.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.