ކަމަދޫ ކައުންސިލްގެ ރައީސްކަމަށް ރިލްވާން އިންތިހާބު ކޮށްފި

އަހްމަދު ރިލްވާން
އަހްމަދު ރިލްވާން

ބ. ކަމަދޫ ކައުންސިލުގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް އަހްމަދު ރިލްވާން އިންތިހާބުކޮށްފި އެވެ.

ކަމަދޫ ކައުންސިލްގެ ރައީސްކަމުގައި ކުރިން ހުންނެވި އަލީ އިސްމާއީލް އިސްތިއުފާ ދެއްވުމުން އެ މަގާމަށް މެމްބަރަކު ހޮވުމަށް މިއަދު ނެގި ވޯޓުގައި ރިލްވާން ރައީސްކަމަށް ހޮވުނީ ކައުންސިލުގެ ހަތަރު މެންބަރުންގެ އިއްތިފާގުންނެވެ.

ކަމަދޫ ކައުންސިލުގެ ކުރީގެ ރައީސް އަލީ އިސްމާއިލް އެ މަގާމުން އިސްތިއުފާދެއްވީ ލާމަރުކަޒީ ގާނޫނުގެ މަގުސަދު ހާސިލުކުރެވޭނެކަމަށް ގަބޫލު ނުކުރެވޭތީ ކަމަށްބުނެ މިދިޔަ މަހު ފަހުކޮޅު އެވެ.

އަލީ އިސްމާއިލުގެ އިސްތިއުފާގެ ސިޓީގައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ލާމަރުކަޒީ ނިޒާމު ދިވެހިރާއްޖެއިން ނެތި ގޮސްފައިވާ ކަމަށެވެ. އަދި ރަށްރަށުގައި އިންތިހާބުކުރެވި، ރައްޔިތުންގެ ކަންކަން ނިންމަން އިންތިހާބުކޮށްފައިވާ ވެރިން ތިބިކަމުގައިވިޔަސް ލާމަރުކަޒީ ގާނޫނުގެ މަގުސަދު ހާސިލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު މިއަދު ސަރުކާރުން “ފުޑުފުޑު” ކޮށްލާފައިވާ ކަމަށްސް އޭނާގެ އިސްތިއުފާގެ ސިޓީގައި ބުނެފައިވެ އެވެ.

ކަމަދޫ ކައުންސިލްގައި މިހާރު ހިމެނެނީ ޕީޕީއެމް އާއި އެމްޑީޕީގެ ދެ މެންބަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.